"ދަ ލެގަސީ" ގައި މިފަހަރު ޝައިޚް މަކާރިޘީ

ޕީސް ފައުންޑޭޝަނުން ކުރިއަށް ގެންދާ ދަރުސް ސީރީޒް، "ދަ ލެގަސީ"ގައި މިފަހަރު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ އައިރިސް ދަރިކޮޅަށް ނިސްބަތްވާ އައްޝައިޚް އަބްދުއްރަހީމް މަކާރިޘީކަމަށް އެޖަމިއްޔާއިން ހާމަކޮށްފި އެވެ.

ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް ވިދާޅުވީ "ދަ ލެގަސީ" ގައި ޝައިޚް މަކާރިޘީ ކުރައްވާ ތަޤްރީރު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެރޭ އިސްލާމީ މަރުކަޒު މައިދާނުގައި ކަމަށެވެ. ޝައިޚް މަކާރިޘީ ތަގުރީރުކުރައްވާނީ "ދަ ޕަވާ އޮފް ރިޕެންޓެންސް" މި މައުލޫއަށް ކަމަށް ޞަބާހް ވިދާޅުވި އެވެ.

"ދަ ލެގަސީ" ސީރީޒް 2017 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާއިރު، މީގެ ކުރިންވަނީ ޑރ ބިލާލް ފިލިޕްސް އަދި ޝައިޚް ހުސައިން ޔީ ފަދަ ބޭފުޅުން ރާއްޖެ ވަޑައިގެން ތަގުރީރުކުރައްވާފަ އެވެ.

މިފަހަރުގެ ލެގަސީ އިވެންޓްގައި ތަގުރީރުކުރައްވާ ޝައިޚް މަކާރިޘީ އިސްލާމްވެ ވަޑައިގަތީ 1994 ވަނަ އަހަރުގަ އެވެ. އިސްލާމްވުމަށްފަހުގައި ސޫދާނަށް ކިޔަވައި ވިދާޅުވުމަށް ވަޑައިގެންނެވި އެވެ. އެއަށްފަހުގައި ސައުދީ އަރަބިއާގެ މަދީނާ އިސްލާމިކް ޔުނިވާސިޓީއިން ޝައިޚް މަކާރިޘީ ތައުލީމު ހާސިލްކުރެއްވި އެވެ.

comment ކޮމެންޓް