ސުޕްރީމް ކޯޓުން ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައިފި

ސްޕްރީމް ކޯޓުގެ ނަންބޯޑު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ރާއްޖޭގެ ސުޕްރީމް ކޯޓުން ހުއްޓާލައިފި އެވެ.

އެ ކޯޓުން މިއަދު ބުނީ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލީ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ގައުމީ ކެމްޕޭނުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ހުރިހާ މުވައްޒަފުންނަށް ފެން އަޅާ ރީޔޫސަބަލް ބިއްލޫރި ފުޅި މިހާރު ވަނީ ހަވާލުކޮށްފައި ކަމަށްވެސް އެ ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވާއިރު ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުން އަންނަނީ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުން ކުރަމުން އެވެ. އެގޮތުން ރައީސް އޮފީހުންވެސް ވަނީ އެކަން ހުއްޓާލައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުންވެސް އަންނަނީ ޕްލާސްޓިކް ފުޅީގެ ބަދަލުގައި މެންބަރުންނަށް ފެން ފޯރުކޮށްދިނުމަށް އެހެން ގޮތްތަކެއް ހޯދަމުންނެވެ.

comment ކޮމެންޓް