ވަޒީރުންގެ މަޖިލީހުން ބަންޑާރަ ނައިބަށް:
ޖިނާއީ ދައުވާ ކުރުމުގެ ސިޔާސަތު އަވަހަށް ޕީޖީއަށް އަންގައިދީ!

ޖިނާއީ މައްސަލަތަކުގައި ދައުލަތުން ދައުވާ ކުރުމުގެ ސިޔާސަތު އަވަހަށް މުރާޖައާކޮށް އެ ސިޔާސަތުތައް ޕީޖީއަށް އަންގަން ބަންޑާރައި ނައިބު އަބްދުﷲ މުއިއްޒު އަރިހުގައި ވަޒީރުން އެދިވަޑައިގެންފި އެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ވަޒީރުން އެދިވަޑައިގަތީ ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ޕީޖީއަށްް އެންގުމަކީ، ޤާނޫނު އަސާސީއިން ބަންޑާރަ ނައިބަށް ލިބިދޭ ލިބިދޭ ބާރަކަށްވުމާއެކު، އެ ސިޔާސަތު މުރާޖަޢާކޮށް އަވަހަށް ނިންމައި ދިނުމަށެވެ. އަދި ވީހާވެސް އަވަހަކަށް އެކަން ޕީޖީއަށް އަންގައި ދިނުމަށެވެ.

ގާނޫނު އަސާސީގެ މާއްދާއެއް މާނަކުރުމުގެ މައުލޫމާތު ހޯދުމަށް ޕީޖީ، މުއިއްޒު އަރިހަށް މިއަދު ދިޔަ ފުލުހުންނަށް އެއްބާރުލުން ދެއްވާފައި ނުވާ ކަމަށް ބުނެ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ވަނީ މިއަދު ނިންމައިފި އެވެ.

ބަނޑާރަ ނައިބު އަބްދުﷲ މުއިއްޒަކީ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒުގެ ކޮއްކޮ އެވެ.

ވަޒީރުންގެ މަޖިލީހުންގެ މިގޮތަށް ނިންމެވިއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން އިއްޔެ ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން، ފުލުހުންގެ ހައްޔަރުގައި މި ވަގުތު ތިބި އެންމެން ދޫކޮށްލުމާ މެދު ވިސްނަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު