ޕީޖީގެ އިތުބާރު ނެތްކަމަށް ފާސް ކުރަން ސަރުކާރުންކުރާ މަސައްކަތް ކާމިޔާބުވިޔަކަ ނުދޭނަން: މަހުލޫފު

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އެމްޑީޕީން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުވިޔަ ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީގެ މާއްދާއެއް މާނަކުރުމުގެ މައުލޫމާތު ހޯދަން ޕީޖީ ގެއަރިހަށް މިއަދު ދިޔަ ފުލުހުންނަށް އެއްބާރުލުން ދެއްވާފައި ނުވާ ކަމަށް ބުނެ ޕީޖީ މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން މިއަދު ވަނީ ނިންމާފަ އެވެ.

ޕީޕީއެމްގެ ސްޕޯކްސް ޕާސަންގެ މަގާމު ވެސް ފުރުއްވާ މަހުލޫފް މިއަދު ވިދާޅުވީ ސަރުކާރުން ގާނުނޫތަކާއި ހިލާފަށް ވާހަކަ ދައްކައި އަމަލުކުރުމުން އެކަމާ އެއްކޮޅަށް ޕީޖީ ހުންނަވަން ޖެހިވަޑައިގަންނަވަން ނުޖެހޭނެ ކަމަށާއި ސަރުކާރުން ޕީޖީއަށް ބިރު ދެއްކި ނަމަވެސް އެމަނިކުފާނު ސަލާމަތްކުރަން އިދިކޮޅު ހުރިހާ ފަރާތްތަކާއެކު ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް މަޖިލިހުގެ ތެރެއިން ކުރައްވާނެކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ތަހުގީގު ކުރުމަށް ޕީޖީ ފުލުހުންނަށް އަންގަވާފައިވާ މައްސަލަތައް ތަހުގީގު ނުކުރައްވާ ފުލުހުން ބޭނުންވާ ގޮތަކަށް ކަންތައް ކުރުމަށް ޕީޖީ އަރިހަށް ގޮސް ބޭނުންވާ ގޮތަށް ކަންކަން ނުކުރެވުމުން އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ސަރުކާރުން އުޅުމަކީ ގަބޫލު ކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު