ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ޝައްގްރިއްލާ ރިސޯޓް -- ފޮޓޯ: ވިލިންގްޓަން

ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ހިންގާ އެ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލު (އެޗުއާރުއެޗު) ބުންޏެވެ.

އެޗުއާރުއެޗުން ބުނީ މިއަދު 12:35ގައި ފަތުރުވެރިއަކު ގެނބިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

މަރުވެފައި ވަނީ އޮސްޓްރޭލިއާ އަށް ނިސްބަތްވާ އުމުރުން 74 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ގެނބިގެން މަރުވާ ފަތުރުވެރިންގެ އަދަދު އަހަރު ފެށުނުކޮޅު ވަރަށް ބޮޑަށް އިތުރުވި އެވެ. އެއާއެކު ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ ސޭފްޓީ އެސެސްމެންޓުތައް ހަދަން ފަށައިފަ އެވެ.

comment ކޮމެންޓް