ހުޅުމާލެ ފްލެޓަކުން ގިނަ އަދަދެއްގެ ޑްރަގް ހޯދައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ފްލެޓެއް ފުލުހުން ބަލައި ފާސްކޮށް، އަނެއްކާ ވެސް ގިނަ އަދަދެއްގެ ޑްރަގާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ކަމުގެ މައުލޫމާތު ލިބިގެން އިއްޔެ ހިންގި އެ އޮޕަރޭޝަންގައި، 32 އަހަރުގެ އޭނާ ދިރިއުޅޭ ފްލެޓް ބަލައި ފާސްކުރިއިރު އެތަނުގެ ތެރެއިން މަސްތުވާތަކެތި ހުރި 32 ރަބަރު ބްލެޓް ފެނިފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން، ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން، އޭނާ ހައްޔަރުކޮށްގެން ތަހުގީގު ކުރަން 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންދަނީ އިތުރަށް ދަނީ ތަހުގީގު ކުރަމުން އެވެ.

ހުޅުމާލޭގައި މިދިޔަ ހަފްތާ ހިންގި އޮޕަރޭޝަނެއްގައި ވެސް ފްލެޓެއް ބަލައި ފާސްކޮށް ތިން ކިލޯގެ މަސްތުވާތަކެތި ވަނީ ހޯދައިފަ އެވެ. އަދި އެ މައްސަލައިގައި އެ ފްލެޓްގައި ދިރިއުޅެމުން އައި 25 އަހަރުގެ ޒުވާނަކާއި އޭނާގެ މަންމަ ވަނީ ހައްޔަރުކުރި އެވެ. އަދި އެ މީހުންގެ ތެރެއިން 25 އަހަރުގެ ޒުވާނާ ހައްޔަރުގައި ބަހައްޓައިގެން ތަހުގީގު ގެންދަނީ ކުރިއަށެވެ. ނަމަވެސް އޭނާގެ މަންމަ ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް