Dhiraagu
Ooredoo

ފޭކް ޓްވިޓާ އެކައުންޓެއް ހަދައިގެން އުޅޭތީ މުއުމިނާ ހަލީމް ހިތްޕުޅު ހަމަޖެހިވަޑައިނުގެން

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މުއުމިނާ ހަލީމް ---

ރާއްޖޭގައި ވަޒީރުކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ އަދި ސިއްހީ ދާއިރާއަށް ގިނަ ދުވަސްތަކެއް ހިދުމަތް ކުރައްވާފައިވާ މުއުމިނާ ހަލީމްގެ ނަމުގައި ފޭކް ޓްވިޓާ އެކައުންޓެއް ހަދައިގެން އުޅޭތީ އެކަމަނާ ހިތްޕުޅު ހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ADK GENERAl

މުއުމިނާ ހަލީމްގެ ނަމުގައި ފޭކް އެކައުންޓެއް ހަދައިގެން ދަނީ ޓްވީޓް ކުރަމުންނެވެ.

އެކަމާ ގުޅިގެން މުއުމިނާ ހަލީމް ވިދާޅުވީ އެކަމަނާ ޓްވިޓާ އަދި ސޯޝިއަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއްގައި ނޫޅުއްވާ ކަމަށެވެ. ގެންގުޅުއްވަނީވެސް ލައިން ފޯނެއް ކަމަށް މުއުމިނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިއުޅެނީ ހަމަ އަޅުގަނޑު ދުނިޔެއަށް އައި ގަރުނުގައި. އެއީ 1939 ގައި. އަޅުގަނޑު އެއްގޮތަކަށްވެސް މޮބައިލް ފޯނެއް ގެންގުޅޭ މީހެއްވެސް ނޫން. ޓްވީޓް ކުރާ މީހެއް ނޫން. އިންޓަނެޓަށް ވަންނަ މީހެއް ނޫން." މުއުމިނާ ވިދާޅުވި އެވެ.

މުއުމިނާ ވިދާޅުވީ އެކަމަނާގެ ނަމުގައި ފޭކް ޓްވިޓާ އެކައުންޓެއް ހަދައިގެން އުޅެނީ ކާކުކަން އެނގިއްޖެ ނަމަ ޝަރީއަތަށް ވެސް ދާން ބޭނުންފުޅުވާ ކަމަށެވެ.

"އަޅުގަނޑުގެ ނަމުގައި އެކަންތައް ކޮށްގެން ނުވާނެ ނުންތޯ. އަޅުގަނޑު ހިތަށް ނާރާ އެއްޗިއްސާއި އަޅުގަނޑު ބުނަން ބޭނުން ނޫން އެއްޗިހި ބުނެފައި. ފޮޓޯވެސް ޖަހާފައި." މުއުމިނާ ވިދާޅުވި އެވެ.

މުއުމިނާގެ އިތުރުން އެކަމަނާގެ ބޮޑުބޭބޭފުޅެއް ކަމުގައިވާ ކަރަންކާ އިބްރާހިމް ރަޝީދުގެ ނަންފުޅުގައިވެސް ޓްވިޓާ އެކައުންޓެއް ވަނީ ހަދާފަ އެވެ. މުއުމިނާ ވިދާޅުވީ އެކަމަނާގެ އެ ބޮޑުބޭބޭފުޅުގެ އުމުރުން މިހާރު 90 އަހަރުވެފައިވާ ކަމަށާއި އެ އުމުރުގައި "ޓްވީޓްކުރަން ނުކުމެވަޑައިގަންނަވާނެތޯ.؟" އެވެ.

އެހެން މީހުންނަށް ހެދިގެން އުޅުމަކީ މީހުން ކުރާކަހަލަ ކަންތައްތޯ މުއުމިނާ ސުވާލު އުފެއްދެވި އެވެ. އަދި އެމީހުން ފޮނުވަންވީ ޝަރީއަތަށް ކަމަށް ވިދާޅުވި އެވެ.

މުއުމިނާ ހަލީމަކީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން 2011 ވަނަ އަހަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މުއުމިނާ ހަލީމަކީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ރާއްޖޭގެ ވަޒީރުކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅަކަށް ވެވަޑައިގަތުމުގެ ޝަރަފް ލިބިވަޑައިގެންފައިވަނީ އެކަމަނާއަށެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާސިރު، މިނިސްޓަރ އޮފް ހެލްތުކަމުގެ މަގާމަށް މުއުމިނާ އައްޔަންކުރެއްވީ، ހައެއް ޖަނަވަރީ 1977 ގައެވެ. މަގާމުން ވަކިވެވަޑައިގަތީ، އެ ސަރުކާރު ބަދަލުވުމާ ގުޅިގެންނެވެ.

މުއުމިނާ ހަލީމަކީ، ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރުކަން ދެފަހަރެއްގެ މަތިން ކުރައްވާފައިވާ ބޭފުޅެކެވެ.

ގުޅޭ ޓެގު
Redstar
comment ކޮމެންޓް

comment ސޭކްސްތާން

6 year 10 month ago

ވަރަށް އަގުހުރި މިސާލަކަށް ކޮންކަހަލަ ހިދުމަތެއްތޯ ސިއްހީ ދާއިރާއަށް އެކަމަނާ ކޮށްދެއްވީ؟ އަމިއްލަ ޖީބުން ހަރަދު ކުރުއްވުންފަދަ ކަމެއްގެ ވާހަކަތޯ ތިޔަ ވިދާޅުވަނީ؟؟؟ މިއަށް ވުރެ އަގުހުރި ހިދުމަތްތެރިން ދިވެހިންގެ ތެރޭގައި އެބަ ތިއްބެވިއޭ އިނގޭތޯ. ހުޝާމަދު ކުރުމުގައި ހައްދެއް އޮންނަންވާނެ.

comment ދަނަސް

6 year 10 month ago

ތިބޭފުޅާ ނޫނަސް މުއުމިނާ ހަލީމް ކިޔާ މީހުން އުޅެފާނެއެއްނު

comment ކޮންމެސް މީހާ

6 year 10 month ago

މިކަމަށް ތާއީދު، ދެންއޮތީ ސުވާލަކާއި ހިޔާލެއް. އިންޓަނެޓް އަދި މީސްމީޑިޔާ ބޭނުންނުކުރައްވާއިރު ތި ޓްވިޓަރތަކާބެހޭ މަޢުލޫމާތު އެހާފުރިހަމައަށް އެނގިލައްވަނީ؟ މީހަކު ލައްވާ ޖާސޫސްކުރިއަސް އެކުރެވުނީ އޭގެ ބޭނުން ދެއްތޯ؟؟ހިޔާލަކީ އަސްލު މީހާ ތިފަދަ އެކައުންޓްތައް ހަދާފަ ހުރިނަމަ އާންމުންނަށްވެސް އަސްލާއި ފޭކު ފަސޭހަކަމާ އެކު ދެނެގަނެވޭނޭ އަދި އެކަން ވެރިފަރާތައްވުރެ އަވަހަށް ރިޕޯޓްވެސް ކުރާނޭ. މިފަދަ ބަވަނަ ދުނިޔެއެއްގައި ތިބާ އެދޭ ހުރިހާ އިންސާފަކީ އެހެންމީހުންނަށް ބޭއިންސާފަކަށް ވެދާނެ. މިއަދު މިކަން އިހުސާސްވޭ......

Treetop Hospital
ގުޅޭ ޚަބަރު
ގުޅޭ ޓެގު