ސަޓާގެ ޖަޖިން ޕެނަލް އެކުލަވާލައިފި

ސަޓާގެ ޖަޖިން ޕެނަލް -- ފޮޓޯ: އައިލެންޑް ޗީފް

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ނޮމިނޭޝަން ތައް އިވެލުއޭޓް ކުރުމަށް ޖަޖުންގެ ޕެނަލް އެކުލަވާލައިފި އެވެ.

ސައުތު އޭޝިއާ ސަރަހައްދުގައި ދެވޭ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ އިވެލުއެޝަން ކުރިއަށް ގެންދިޔުމަށް އެކުލަވާލި ޖަޖުންގެ ޕެނަލްގައި ހިމެނެނީ ސްރީލަންކާގެ ޓޫރިޒަމްގެ ދާއިރަގައި ހަރަކާތްރިވެލައްވާ އަމާލް ގޫނެޓިއްލެކެ އާއި ގްލޯބަލް ޖާނަލިޒަމްގެ ދާއިރާއިން މަތީތައުލީމު ހާސިލު ކުރައްވާ ޓްރެވަލްގެ ދާއިރާ އާއި ގުޅޭ ގިނަ ލިޔުންތަކެއް ޝާޢިއު ކުރައްވާފައިވާ އިންޑިއާ އަށް ނިސްބަތްވާ ރީކޫ މަދަން އަދި ބޫޓާންގެ ހޮޓެލް އެންޑް ރެސްޓޯރެންޓު އެސޯސިއޭޝަނުގެ އެކްޒެކެޓިވް ޑިރެކްޓަރު ސަންގީތާ ރާނާ އަދި ރާއްޖޭގެ ފަރާތުން، ސޭލްސް އެންޑް މާކެޓިންގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އަބްދުﷲ ސުއޫދެވެ.

ސަޓާގެ ނޯމިނޭޝަންތައް އިވެލުއޭޓު ކުރުމަށް އެވޯޑަށް ނޮމިނޭޓުވާ ފަރާތްތައް ނިސްބަތްވާ ގައުމަށް ގޮސް އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އިވލުއޭޝަންތައް ކުރިއަށް ގެންދާނީ މާލެ އާއި ނިއުދިއްލީ، ކޮލަމްބީ، ބެންގަލޯ، ޕާރޯ އަދި ކަތަމަންޑޫގައެވެ.

މެޖޯރިޓީ ގައި އަންހެނުން ހިމަނައިގެން ސަޓާގެ ޖަޖިން ޕެނަލް އެކުލަވާލާފައިވާއިރު ޕެނަލްގައި ހިމެނެނީ އެވޯޑަށް ވާދަކުރާ ގައުމުތަކުގެ ބޭފުޅުންނެވެ.

ސައުތު އޭޝިއާ ސަރަހައްދުގައިދޭ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑަށް މިއަހަރު 500 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވެއެވެ.

comment ކޮމެންޓް