ކުޑަހުވަދޫ މީރާ އޮފީހަށް ލިބުނު ހުރިހާ އާމްދަނީއެއް ވަގަށް ނަގައިފި

މީރާ މާލޭ އޮފީސް. -- ސަންފޮޓޯ/ އަލީ ނަސީރު

ދ. ކުޑަހުވަދޫގައި ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ އާމްދަނީ ރައްކާކުރާ އެ އޮފީހުގެ ތިޖޫރި ރޭ ވަގަށް ނަގައިފި އެވެ.

އެކަން އެނގުނީ އެ އޮފީހުގެ މުވައްޒަފުން މިއަދު ހެނދުނު އޮފީސް ހުޅުވަން ދިޔުމުން އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:30 ގައި ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ގޮސް މައުލޫމާތު ސާފުކުރި އިރު، އެ އޮފީސް ފަޅާލައިގެން ވަގުން ގެންދިޔަ ތިޖޫރީގައި ނަގުދު ފައިސާއިން ހުރީ 1،000 ރުފިޔާ އާއި 100 ޑޮލަރެވެ. އަދ އެ ތިިޖޫރީގައި 62،393 ރުފިޔާގެ ތިން ޗެކް އޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ. އާމްދަނީގެ ގޮތުގައި ލިބިފައިވާ ޗެކްތަކުގެ ޖުމްލަ 249،572 ރުފިޔާއަށް އަރަ އެވެ.

މީގެ އިތުރުން، ދެން ތިޖޫރީގައި ހުރީ 4،682 ރުފިޔާގެ ރެވެނިއު ސްޓޭމްޕް އާއި ފީ ސްޓިކާގެ 50 ސްޓިކާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި ތިޖޫރި ވަގަށް ނެގި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު