ބްރެކްސިޓް ފެއިލްވެ ތެރީސާ މޭ އިސްތިއުފާ ދެއްވަން ނިންމަވައިފި

ތެރީސާ މޭ -- ފޮޓޯ// އޭޕީ

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ އެގައުމުގެ ބޮޑު ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

މޭ އިސްތިއުފާ ދެެއްވުމަން ނިންމައިފައިވަނީ ޖޫން ހަތް ވަނަ ދުވަހު އެވެ. އެކަމަނާ އިސްތިއުފާ ދެއްވަން ނިންމެވީ، އިނގިރޭސިވިލާތް އީޔޫއިން ވަކިވުން ނޫނީ ބްރެކްސިޓްއަށް ރަނގަޅު އެއްބަސްވުމަކަށް ނާދެވިގެން އެވެ.

އެކަމަނާ އިސްތިއުފާ ދެއްވަން ނިންމީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ރަނގަޅު އެއްބަސްވުމަކަށް ނާދެވިގެންނެވެ.

އިސްތިއުފާ ދެއްވަމުން، ބްރެކްޒިޓްގެ މައްސަލައަށް އިޝާރާތްކުރައްވައި މޭ ވިދާޅުވީ އޭނާއަށް ވެވުނު އެންމެ ރަނގަޅަށް އެ މަސައްކަތް ކުރިކަމަށެވެ.

https://twitter.com/MikAlexH/status/1131854325704265728

"ތިން ފަހަރު އަޅުގަނޑު މަސައްކަތްކުރިން ޑީލަކަށް ދެވޭތޯ. އެހެން ނަަމަވެސް އަޅުގަނޑަށް އެކަމުގައި ވީ ނާކާމިޔާބު" މޭ ވިދާޅުވިއެވެ. އަދި އެގޮތަށް ނާކާމިޔާބުވުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށްވެސް މޭ ވިދާޅުވިއެވެ.

މޭ ވިދާޅުވީ އެކަމަނާގެ ވެރިކަމުގައި ހަމައެކަނި މަސައްކަތްކުރެއްވީ އިިނގިރޭސިވިލާތުގެ ދަށް ފަންތީގެ މީހުންގެ ކުރިއެރުވުމަށް ނޫން ކަަމަށާއި އީޔޫއިން ވަކިވާން އެގަމުގެ ރައްޔިތުން ނިންމި ނިންމުމަށް އިހްތިރާމްކޮށް އެކަމަށް އަަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބޮޑަށް ކުރެއްވި ކަމަށެވެ.

މޭ އިތުރަށް ވިދާޅުވީ އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހު ނާޒުކު ފައްތަރެެއްގައި އޮތް ނަމަވެސް އަދިވެސް ރަނގަޅު ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އިސްތިއުފާ ދެއްވުމެއްވުމަށް ނިންމެވިއިރު އެއްވެސް ޒާތީ ހަސަދައެއް އެއްވެސް ކަމެއްގައި ނެތް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

comment ކޮމެންޓް