ލައިސެންސް ނެތް މީހެއް ދުއްވި ސައިކަލު އޯވަޓޭކް ކުރުމުން އެކްސިޑެންޓް ވެއްޖެ

ބުރިޖު ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓު -- ފޮޓޯ/ ފުލުހުން

ހުޅުމާލެ އިން މާލެއަށްދާ ބުރިޖު ހައިވޭގައި ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލެއް އޯވާޓޭކްކޮށް ކާރު ލޭން އަށް އަރަން އުޅުމުގެ ތެރޭގައި ސައިކަލު ކާރުގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

ސައިކަލު ކާރުގައި ޖެހި، އެކްސިޑެންޓްވުމުގެ ސަބަބުން 116 ފޫޓަށް ކަހަލައިގެން ގޮސް ސައިކަލް ލޭން އިން ދުއްވި އެހެން ސައިކަލެއްގައި ވަނީ ޖެހި އިތުރު އެކްސިޑެންޓްއެއް ހިނގަފާ އެވެ.

ފުލުހުންނަށް މި އެކްސިޑެންޓްގެ ރިޕޯޓު ލިބުނީ، މިއަދު ހެނދުނު 9:15 އެހާކަށްހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޯވާޓޭކް ކުރި ސައިކަލު ދުއްވަން އިން 20 އަހަރުގެ ދިވެހި ފިރިހެން މީހާގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް، އެކި ވަރުގެ އަނިޔާވެ، މިހާރު އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ. އޭނާ ދުއްވަން އިން ސައިކަލް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އެ އެކްސިޑެންޓްގައި އެ ސައިކަލް ކަހަލައިގެން ގޮސް ޖެހުނު އިތުރު ސައިކަލުގައު ތިބި ދެ މީހުންނަށް އެކި ވަރުގެ ކުދި ކުދި އަނިޔާ ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ބުރިޖު އަދި ހައިވޭ މަތިން ސައިކަލުގައި އޯވާޓޭކް ކުރުމަކީ މަނާ ކަމެކެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދާ ހަމައަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރު 964 އެކްސިޑެންޓް އެ ވަނީ އެ މުއަސަސާއަށް ހުށަހަޅާފަ އެވެ. އޭގެތޭރެގައި މިމަހު ހުށަހެޅި 102 އެކްސިޑެންޓެއް ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު