މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން މުޅިން އާ ޑިޖިޓަލް ހިދުމަތްތަކާއި ޕްރޮމޯޝަންތަކެއް އުރީދޫ އިން ކަސްޓަމަރުންނަށް ތައާރަފް ކޮށްފި އެވެ.
އުރީދޫގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިއުލާން ކުރި ގޮތުގައި މިއަހަރުގެ ރޯދަ މަހު އެ ކުންފުނީގެ ކަސްޓަމަރުންނަށް މުޅިން އަލަށް 10 ކަމެއް ތައާރަފްކުރާނެ އެވެ. މީގެ އިތުރުން ކޮންމެ އަހަރެއްގެ ރޯދަ މަހުވެސް ހިލޭ ލިބޭ ހިދުމަތްތައް މިއަހަރުވެސް ހިލޭ ދިނުމަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.
އުރީދޫ ރޯދަ ހާއްސަ
- ރަމަޟާން ޑޭޓާ ކޮމްބޯ
މި ހާއްސަ ޕެކް މެދުވެރިކޮށް 25ރ. އަށް އުރީދޫގެ 4ޖީ+ ނެޓްވޯކްގައި ބޭނުންކޮށްލަން 1ޖީބީ ޑޭޓާ ޕެކެއް ލިބޭނެ އެވެ. އަދި ގާތްތިމާގެ މީހުންނަށް ގުޅާލަން، ކޮންމެ ދުވަހެއްގެ ހެނދުނު 5:00 އިން ހަވީރު 5:00 އަށް 100 މިނިޓް ހިލޭ ލިބޭނެ އެވެ.
މި ޕެކް އެކްޓިވް ކޮށްލަން *929*1*1# މެސެޖްކުރާށެވެ.
- އެމް-ފައިސާ ކޭޝްބެކް އޮފާ
ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހަކުވެސް، އެމް-ފައިސާއިން ކުރާ ކޮންމެ ރާސްޓަސްއެއްގެ 10 ޕަސެންޓް އެމް-ފައިސާގެ ގޮތުގައި އަނބުރާ ލިބޭނެ އެވެ. އެމް-ފައިސާ ވޮލެޓުގައިވާ ލާރި ނެންގެވުމުގެ އިތުރުން، ވިޔަފާރިތަކަށް ލާރިދައްކާ، ބިލުތައް ދައްކައި، އަދި އާއިލާ އާއި ރައްޓެހިންނަށް ޓްރާންސްފާވެސް ކޮށްލެވޭނެ އެވެ.
- ސައުދީއަށް ގުޅާލުން ހިލޭ
މި ރަމަޟާން މަހު ސައުދީ އަށް ގުޅާލުން ފަސޭހަކޮށްދޭ ޕެކޭޖެއްކަމުގައިވާ ސައުދީ ޕްލޭން 150 މެދުވެރިކޮށް ސައުދީގައިވާ އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް 75 ހިލޭ މިނިޓް ލިބޭނެ އެވެ. އަދި މި ޕެކް ހިޔާރުކުރައްވާ ކޮންމެ ބޭފުޅަކަށްވެސް، 2ޖީބީ ހިލޭ ޑޭޓާ ލިބޭނެ އެވެ.
އެކްޓީވޭޓް ކުރާނީ، *929*3*2# މެސެޖްކޮށްގެން އެވެ.
- ސެމްސަންގް އޮފާ
ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކާއި އެކު، ސެމްސަންގްގެ އާ ފޯނުތައް ކަމަށްވާ އެމް20 އަދި އޭ50، އުރީދޫ އެކްސްޕީރިއަންސް ފިހާރަތަކުން ލިބޭނެ އެވެ.
- ހަލުވި އިންޓަނެޓް މާ ހެޔޮވަނީ
މި ރޯދަ މަސް ތެރޭގައި އުރީދޫގެ ސުޕަނެޓް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ފަހު ހަ މަސް ދުވަހުގެ މުއްދަތަށް 30 ޕަސެންޓް ބޯނަސް ލިބޭނެ އެވެ.
- ވައިބާއިން ނަމާދު ވަގުތު
ވައިބާ މެދުވެރިކޮށް ކޮންމެ ބޭފުޅަކަށްވެސް ނަމާދު ވަގުތު އަންގައިދޭ، "ބަންގި ޗެނަލް"އެއް ވަނީ އުރީދޫ އާއި ވައިބާ ގުޅިގެން ތައާރަފްކޮށްފަ އެވެ. ނަމާދު ވަގުތުގެ ހަނދުމަކޮށްދިނުމުގެ އިތުރުން ބަންގި ޗެނަލް މެދުވެރިކޮށް، ޤިބްލަ ހޯދައި، ޒަކާތް ހިސާބުކޮށް، ނަމާދުގެ ތާވަލުތައް ބަލާލުން ފަދަ މުހިއްމު އަދި ފަސޭހަ ހިދުމަތްތަކެއް ލިބިގެންދާނެ އެވެ.
- އޮންލައިން ސިޔަރަތު
މި ރަމަޟާން މަހު، ކޮންމެ ތަނެއްގައި ތިބެގެން އަދި ކޮންމެ ވަގުތަކުވެސް، އުރީދޫ ކަސްޓަމަރުންނަށް މޮބައިލް މެދުވެރިކޮށް ސިޔަރަތު އަޑުއަހާލެވޭނެ އެވެ.
- މަސް ރޭސް މޮބައިލް
ދިވެހިންގެ ތެރޭގައި، އުރީދޫ މަސްރޭހަކީ ރޯދަމަހުގެ ވަރަށް ހާއްސަ ހަރަކާތެކެވެ. މިގޮތުން މިއަހަރު، ސްމާޓްފޯނު މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނާއި ވާދަކޮށް، މަސްރޭހުގެ ފޯރީގައި ބައިވެރިވެވޭނެ އެވެ. އަދި މި މަސްރޭސް މޯބައިލް ގޭމުގެ އެންމެ މޮޅު ކެޔޮޅަކަށް، ކޮންމެ ހަފްތާއަކުވެސް ވަރަށް ފުރިހަމަ އިނާމެއް ދޭން ވަނީ ނިންމައިފަ އެވެ.
- ލައިވްކޮށް ތަރާވީސް ބެލުން
ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯބައިލް މެދުވެރިކޮށް މައްކާއިން ތަރާވީސް ލައިވްކޮށް ބައްލަވާލެއްވުމުގެ ފުރުސަތު އުރީދޫއިން ލިބޭނެ އެވެ.
- ޓެކްސްޓް އޭން އިފްތާރް
މިހާރު އާއިލާ އަދި ރައްޓެހިންނަށް ރޯދަވީއްލުމެއްވެސް، ފޯނު މެދުވެރިކޮށް ހަދިޔާ ކޮށްލެވޭނެ އެވެ. އުރީދޫ ބިލް އަށް ނުވަތަ ކްރެޑިޓުން ޗާޖް ކުރެވޭގޮތަށް ރޯދަވީއްލުމެއް ހަދިޔާ ކޮށްލެވޭ ޓެކްސްޓް އަ ކޮފީގެ ހިދުމަތް، ރާއްޖޭގެ ކޮންމެ ތަނަކުންވެސް އުރީދޫ ކަސްޓަމަރުންނަށް ބޭނުންކޮށްލެވޭނެ އެވެ.
ރޯދަމަހު މުޅިން ހިލޭ ލިބޭ ޚިދުމަތްތައް:
- އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ބެލުން. މި ހިދުމަތް ހޯދާނީ GO ޖެހުމަށް ފަހު 4777 އަށް މެސެޖްކޮށްގެން.
- ރީތި ޓިއުންސް ހިދުމަތް މެދުވެރިކޮށް ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ ހޯއްދެވުމަށް، “BuyTune ID” ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވާ.
- ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރައްވައިގެން ފިތުރު ޒަކާތް ދައްކާލެވޭނެ އެވެ. ފިތުރު ޒަކާތް ދެއްކުމަށް *909# އަށް ގުޅުމުން އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެ އެވެ. ހަމައެހެންމެ، އެމް-ފައިސާ މެދުވެރިކޮށްވެސް، ކޮންމެ ބޭފުޅަކަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.
އުރީދޫއިން ވަނީ ކޮންމެ ރަމަޟާން މަހަކުވެސް އެކުންފުނިން ގެނެސްދޭ ރޯދަމަހަށް ޚާއްޞަ ވީޑިއޯ އެޑް ވެސް މި ރަސްމިއްޔާތުގައި ޙިއްސާކޮށްފަ އެވެ. މިއަހަރުގެ ވީޑިއޯ ބިނާވެގެންވަނީ މި ބަރަކާތްތެރި މަހުގައި، އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް، ގާތްތިމާގެ ގުޅުންތައް އަލުން އާލާކުރުމުގެ މުހިއްމުކަމުގެ މައްޗަށެވެ.