"ފައިސާ ކާޑު" ޓްރީ ޓޮޕް ހޮސްޕިޓަލަށް ތައާރަފުކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެމްއައިބީގެ ފައިސާ ކާޑުގެ ހިދުމަތްތައް ތަައާރަފް ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން...

މޯލްޑިވްސް އިސްލާމިކް ބޭންކުގެ "ފައިސާ ކާޑު"ގެ ހިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލަށް ތައާރަފުކޮށްފި އެވެ.

މިއަދު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ހިދުމަތް އެ ހޮސްޕިޓަލުގެ ކަސްޓަމަރަނުންނަށް ދިނުމުގެ އެއްބަސްވުމުގައި، ހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޑޭވިޑް ފެއިންބާގް އެވެ. އިސްލާމިކް ބޭންކް (އެމްއައިބީ) ފަރާތުން އެ ބޭންކްގެ ސީއޯއޯ އަހްމަދު ރިޒާ އެވެ.

އެ އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލުގެ އިން-ޕޭޝަންޓުންނާއި އައުޓްޕޭޝަންޓުންނަށް އެމްއައިބީގެ ފައިސާ ކާޑު ބޭނުންކުރެވޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާއި އިސްލާމިކް ބޭންކް ގުޅިގެން މިއަދު ތައާރަފްކުރި ހިދުމަތުގެ ސަބަބުން އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިދުމަތް ފައިސާ ކާޑުން ހޯދޭނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކުގެ އަގުތައް ފަހުން ވަނީ ހެޔޮކޮށްފަ އެވެ. އަދި އާސަންދަ އާއި އަދި އެހެނިހެން އިންޝޫރަންސް ޕޮލިސީގެ ހިދުމަތްތައް ވެސް މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުން ލިބެން ހުރެ އެވެ.

comment ކޮމެންޓް