ޑްރަގުން ރާއްޖެ ސަލާމަތް ކުރަން ސިންގަޕޫރުގެ އެހީތެރިކަން ހޯދަނީ

މަސްތުވާތަކެތި އެތެރެކޮށް ބޭނުންކުރުން ހުއްޓުވުމާ ބެހޭގޮތުން ސިންގަޕޫރުގައި ބޭއްވި މަޝްވަރާތަކުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

މަސްތުވާތަކެތި އެތެރެކޮށް ބޭނުންކުރުން ހުއްޓުވުމާ ބެހޭގޮތުން ނާއިބު ރައީސް ފައިސަލް ނަސީމް ސިންގަޕޫރުގައި މަޝްވަރާތަކެއް ބާއްވަވައިފި އެވެ.

އެގޮތުން ފައިސަލް މިހާރު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯ އަދި އެގައުމުގެ ޕްރިޒަން ސާވިސްގެ އިސް ބޭފުޅުންނާ މިއަދު ވަނީ ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި އެތެރެކުރުމާ ދެކޮޅަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައި ކަމަށް ރައިސް އޮފީހުން ބުންޏެވެ. އެގޮތުން ސިންގަޕޫރުގެ އޮފިޝަލުން ވަނީ ސިންގަޕޫރުގެ ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމާ ބެހޭ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ގައިދީން މިނިވަންވުމަށްފަހު އެމީހުން މުޖުތަމައުގެ ތެރެއަށް ނުކުންނައިރު އެމީހުންނަކީ ޒިންމާދާރު ބަޔަކަށްވެ، ވާޒީފާ ލިބުމަށް މަގުފަހިވެ، އާމްދަނީ ލިބޭނެ ފަދަ ހުނަރުތަކެއް ދަސްކޮށްދިނުމަކީ އެންމެ ބޮޑަށް އިސްކަންދޭކަންތައް ކަމަށް ސިންގަޕޫރުގެ އޮފިޝަލުން ފާހަގަ ކުރައްވަ އެވެ.

ފައިސަލް ވަނީ އެ ބައްދަލުވުމަށްފަހު ސިންގަޕޫރުގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ބައްލަވައިލައްވާފަ އެވެ.

comment ކޮމެންޓް