ތިލަދުންމަތީގެ ދެ އަތޮޅުގައި ސްޕީޑް ފެރީގެ ހިދުމަތް ދެނީ

އެމްޓީސީސީ އިން ތިލަދުންމަތީގައި ފެރީގެ ހިދުމަތްދޭ ލޯންޗެއް -- ފޮޓޯ: އެމްޓީސީސީ

ތިލަދުންމަތީގެ ދެ އަތޮޅު ކަމަށްވާ ހއ އަދި ހދ ގައި ސްޕީޑު ފެރީގެ ހިދުމަތް ދޭން އެމްޓީސީސީ އިން ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނީ އެކުންފުނީން ދެމުންދާ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދުން ފެށިގެން ހއ. އަދި ހދ. އަތޮޅުގެ ތެރޭގައި ސްޕީޑު ފެރީގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

މި ހިދުމަތް މިހާރު ދެމުންދަނީ ޓްރައިޔަލް ކޮށް ކަމަށާއި ޓްރަޔަލް މުއްދަތުގައި ދަތުރުތައް އޮންނާނީ ހއ. ދިއްދޫ، ހދ. ހަނިމާދޫ، އަދި ކުޅުދުއްފުށި ގުޅުވާލައިގެން ކަމަށެވެ.

ތިލަދުންމަތީ ސްޕީޑް ފެރީގެ ޝެޑިއުލް --

ޓްރަޔަލް މުއްދަތު ނިމުމުން މި ދަތުރުތައް ކުރާނެ ދާއިމީ ރޫޓު ކަނޑައަޅާނެ ކަމަށާއި މި ފެރީގެ އަގަށް 150 އާއި 250 އާއި ދެމެދުގެ އަގެއް ނަގާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެމްޓީސީސީ އިން ދަނީ ހުޅުމާލެ އާއި މާލެ އަދި މާލެ އާއި ވިލިމާލެ އާއި ދެމެދު ފެރީގެ ހިދުމަތް ދެމުންނެވެ. މީގެ އިތުރުން ގިނަ އަތޮޅުތަކެއްގައި އަތޮޅު ފެރީގެ ހިދުމަތް ދެނީވެސް އެ ކުންފުނިންނެވެ.

comment ކޮމެންޓް