މޯލްޑިވިއަންގެ ކޯލް ސެންޓަރު ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރަނީ

މޯލްޑިވިއަންގެ އެމްޑީ މުހައްމަދު ރިޒްވީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ހިދުމަތްދޭ ވަގުތު އިތުރު ކުރަން ނިންމައިފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ 19 ވަނަ އަހަރީ އާ ގުޅުވައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިއޭއެސްގެ މެނޭޖިމް ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ މިމަހުގެ 21 އިން ފެށިގެން މޯލްޑިވިއަންގެ ކޯލް ސެންޓަރު ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފައްޗާ ހަމައަށް ކޯލް ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު އަށަކުން ރޭގަނޑު 12:00 އަށެވެ. ހުކުރު ދުވަހު މެންދުރު ދޭކުން ރޭގަނޑު 22:00 އަށް ކޯލް ސެންޓަރުގެ ހިދުމަތް ދޭނެ އެވެ.

"މިއީ އަޅުގަނޑުމެންގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ގެނައި ބަދަލެއް،" ރިޒްވީ ވިދާޅުވި އެވެ.

މީގެ އިތުރުން މޯލްޑިވިއަންގެ ރީފަންޑު ދިނުން ލަސްވާ ޝަކުވާ އަށް ހައްލެއް ގެނައުމަށް މިމަހުގެ 21 އިން ފެށިގެން ދުވަހުން ދުވަހަށް ރީފަންޑް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ 19 ވަނަ އަހަރީ އާއި ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ވެސް މިއަދު ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް