ވާރޭ ނުވެހޭތީ އިސްތިސްޤާ ނަމާދު ކުރަން ނިންމައިފި

އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ވާރޭ ނުވެހޭތާ ގިނަ ދުވަސް ވުމުގެ ސަބަބުން ރާއްޖޭގެ ހުރިހާރަށެއްގައި އިސްތިސްޤާ ނަމާދު ކުރާގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް އެފެއާޒުން ބުނީ އަންނަ ހޯމަ ދުވަހުގެ މެންދުރު ނަމާދަށްފަހު، ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްޤާ ނަމާދު ކުރާނެ ކަމަށެވެ.

މާލޭގައި ނަމާދު ކުރާނީ އިސްލާމީ މަރުކަޒުގައި ކަމަށާއި ރާއްޖޭގެ އެހެން ރަށްރަށުގައި އިސްތިސްޤާ ނަމާދު ކުރާނީ އެރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ކަމަށް އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދިނެވެ.

އިސްތިސްގާ ނަމާދަކީ ސަބަބެއް މެދުވެރިވެގެން ކުރާ ސުންނަތް ނަމާދެ ކެވެ. އަދި އެ ނަމާދު ކުރުމަށް ފަހު ހާއްސަ ޙުތުބާއެއް ކިޔައި ނަސޭހަތް ދޭއިރު ވާރޭ ވެއްސެވުމަށް އެދި ދުއާ ކުރާނެ އެވެ.

މީގެ ކުރިންވެސް ވާރޭ ނުވެހި ގިނަ ދުވަސްވުމުން ރާއްޖޭގެ އެކި ރަށްރަށުގައި ވަނީ އިސްތިސްގާ ނަމާދު ކޮށްފައެވެ. ރާއްޖެއަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެކެވެ. ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ބައެއް ރަށްރަށުގައި ވާރޭ ފެން ލިބުން ވެސް ވަނީ ދަތިވެފައެވެ.

comment ކޮމެންޓް