މާޗުމަހު ލިބުނު އާމްދަނީ ދަށަށް

މީރާއިން މިހާކު ހިދުމަތް ހޯދަނީ -- ސަން ފައިލް ފޮޓޯ

ނިމިދިޔަ މާޗު މަހު ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އަށް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ލަފާކުރި މިންވަރަށްވުރެ ދަށް ވެއްޖެއެވެ.

މީރާ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާޗު މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.51 ބިލިއަން ރުފިޔާ އެވެ. މިއީ ޓެކުހުގެ ގޮތުގައި މީރާ އަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދަށްވުރެ 15 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ މަހު މީރާ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ޖީއެސްޓީގެ ގޮތުގައި ވިޔަފާރިތަކުން ދެއްކި ޓެކުހުންނެވެ. ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އަކީ މާޗު މަހުގެ އާމްދަނީގެ 48 ޕަސެންޓެވެ. 732 މިލިއަން ރުުފިޔާ ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު މީރާ އިން ބަލައިގަނެފައިވެއެވެ. ދެން އެންމެ ބޮޑު އާމްދަނީ އެއް މީރާ އަށް ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައެވެ. އެއީ އާމްދަނީގެ 23 ޕަސެންޓެވެ. ޓޫރިޒަމް އަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި މިދިޔަ މަހު 355 މިލިއަން ރުފިޔާ މީރާ އިން ވަނީ ބަލައިގެންފައެވެ.

މިދިޔަ މަހު މީރާ އަށް ލިބުނު އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި 72 މިލިއަން ޑޮލަރު ވަނީ ބަލައިގެންފައެވެ.

މީރާ އިން ބުނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވީ ބައެއް ވިޔަފާރިތަކުން ޓެކްސް ދައްކާފައި ނުވާތީ ކަމަށެވެ.

comment ކޮމެންޓް