މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގެ ގުރުނެގުން ކުރިއަށް ގެންގޮސްފި

އެމްއާރްޑީސީން ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު އުފާ ފާޅުކުރަނީ --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕް 2019ގެ ގުރުނެގުން ރޭ ނިންމާލައިފި އެވެ.

ރޭ ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުނަގާފައި ވަނީ ގްރޫޕްތަކަށް ބަހާލައިގެންނެވެ. ޔޫތު މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ވެރިންނާއި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އޮފިޝަލުން ބައިވެރިވި އެ ހަފްލާގައި ފިރިހެނުންގެ ކެޓަގަރީގެ އިތުރުން ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ގުރު ނެގުން ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިދިޔަ އަހަރު ކުލަބް މޯލްޑިވްސް ކަޕުގައި އުރީދޫ އަދި ފެހިފަހި ބައްދަކުރި މެޗުގެ ތެރެއިން--ސަންފޮޓޯ/ ފަޔާޒް މޫސާ

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. މި އަހަރުގެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި ނުވަ ޓީމެއް ވާދަކުރާނެ އެވެ.

ކުލަބު މޯލްޑިވްސް ކަޕް 2019 ގެ ގުރުނެގިފައިވާ ގޮތް:

ގްރޫޕު އޭ – މޯލްޑިވިއަން، ކްލަބު ވެމްކޯ، ކްލަބު އާސަންދަ، އެންސީއައިޓީ.

ގްރޫޕު ބީ – އުރީދޫ، ޕްރިޒަން އާރުސީ، ޓްރޭޑް ކްލަބު، މީޑިއާނެޓް.

ގްރޫޕު ސީ – އެމްޕީއެލް، އެސްޓީއޯ އާރުސީ، ޓީމް ފެނަކަ، އެމްއެމްއޭ އެސްސީ.

ގްރޫޕު ޑީ – އެލައިޑް، ޓީމް އެފްއެސްއެމް، ކްލަބު އިމިގްރޭޝަން، ކްލަބު އޭވިއޭޝަން ސެކިއުރިޓީ.

ގްރޫޕު އީ – ޖީއެމްއައިޒެޑްއެލް، ސްޓެލްކޯ އާރުސީ، ޔޫތު މިނިސްޓްރީ (ކްލަބު އެމްވައިއެސް)، ފެހި ފަހި ކްލަބު.

ގްރޫޕު އެފް – ކްލަބު އެމްޓީސީސީ، ކަސްޓަމްސް އާރުސީ، ތައުލީމީ ގުޅުން، ދިވެހި ސިފައިންގެ ކްލަބު.

ގްރޫޕު ޖީ – ކްލަބު އެޗްޑީސީ، ޔުނައިޓެޑް ބީއެމްއެލް، ފެން ކްލަބު، ސިވިލް ކޯޓު.

ގްރޫޕު އެޗް – ދިރާގު، ޕޮލިސް ކްލަބު، މިފްކޯ، ޕީއެސްއެމް.

އަންހެން ކެޓަގަރީގެ ގްރޫޕްތައް ބެހިފައިވާ ގޮތް:

ގްރޫޕް އޭ - އެމްޕީއެލް، އިމިގްރޭޝަން، ފެނަކަ، ވެމްކޯ

ގްރޫޕް ބީ - ޕޮލިސް ކްލަބް، ޓްރޭޑް ކްލަބް، ދިވެހި ސިފައިންގެ ކްލަބު، ޑީއެސްސީ، ފެން ކްލަބް

މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޓީމުތައް ފަރިތަކުރުންތައް ފޯރިއާ އެކު ކުރިއަށް ގެންދާ އިރު މި އަހަރުގެ މުބާރާތަކީ ވެސް ފޯރިގަދަ މުބާރާތަކަށް ވެގެންދާނެ އެވެ.

comment ކޮމެންޓް