އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން، ރައީސްގެ އަނބިކަނބަލުން އިފްތިތާޙުކޮށްދެއްވައިފި

ފަސްޓް ލޭޑީ އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އިފްތިތާހްކޮށްދެއްވަނީ--- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، "އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" އިފްތިތާހުކޮށްދެއްވައިފި އެވެ.

އެ ޖަމިއްޔާ އިފްތިތާހް ކުރުމަށް ރޭ ހާއްސަ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވައިފަ އެވެ.

މި ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެ ބަލި ޖެހުމުން ކަންތައްތައް ކުރަންވީ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދީ، އެ ބައްޔާ މެދު ގިނަ ބަޔަކު ހޭލުންތެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެންޑޯމެޓްރިއޯސިސްއަކީ އަންހެނުންނަށް މައްސަރު ކަންތަކުގައި ނުވަތަ ޕީރިއަޑު ވުމުގައި ދިމާވާ ވަރަށް ވޭންހުރި އާންމު ބައްޔެކެވެ. މި ބައްޔަކީ ކޮންމެ 10 އަންހެނުންގެ ތެރެއިން އެއް އަންހެނަކަށް ޖެހޭ ބައްޔެކެވެ.

އެ ޖަމުޢިއްޔާގެ މައިގަނޑު މަޤްޞަދަކީ މި ބަލި ޖެހުމުން ކަންތައްތައް ކުރަންވީ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދީ، މި ބައްޔާ މެދު ގިނަ ބަޔަކު ހޭލުންތެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެ ޖަމިއްޔާ އިން މިހާރު ވަނީ ވާލްޑް އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަންގެ މެމްބަރަަކަށް ވެސް ވެފަ އެވެ.

comment ކޮމެންޓް