ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް، މާފުކޮށްފިކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ސަން އިން މިއަދު ޝާއިއުކުރި ޚަބަރަކާއެކު ކުރެއްވި ޓްވީޓެއްގައި، ރައީސް މައުމޫން ވިދާޅުވީ އަލީ ވަހީދަށް މާފުކޮށްފައިވާ ކަމަށެވެ.
" ޝުކުރިއްޔާާ، މާފުކޮށްފިން" ރައީސް މައުމޫން ވިދާޅުވިއެވެ.
Shukriyya Hon Ali Waheed. Maafu koffin in’gey tho. https://t.co/DGRR3Ig6Gg
— Maumoon Abdul Gayoom (@maumoonagayoom) March 28, 2019
އަލީ ވަހީދު ވަރަށް ޒުވާން އުމުރުގައި ސިޔާސީ މައިދާނަށް ނިކުންނެވީ ރައީސް މައުމޫނާއެކު އޭރު އޮތް ޑީއާރުޕީއިންނެެވެ. ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރަކަމަށް 2009 ވަނަ އަހަރު އަލީ ވަހީދު ހޮވިވަޑައިގަތީވެސް ޑީއާރުޕީގެ ޓިކެޓުގައެވެ. ނަމަވެސް ވަކި ހިސާބަކުން އަލީ ވަހީދު ވަނީ އެ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅި ވަޑައިގެންފައެވެ.
އަދި އެމްޑީޕީއާ ގުޅުމަށް ފަހު އަލީ ވަހީދު ވަނީ މައުމޫންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ސަން އޮންލައިންގެ 50 މިނެޓު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އޭރު ރައީސް މައުމޫނާ ދިމާލަށް ކިޔުނު އެއްޗިއްސާ މެދު ފަހުން ދެރަވެ ހިތާމަ ކުރެވުނު ކަމަށެވެ. އަދި އެކަމަށް މައުމޫނު އަރިހުން މައާފަށް އެދިވަޑައުގަތް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"އޭރު ޒުވާން އިރުގައި އެ ހާވަރަކަށް ނުވިސްނޭ. [މިހާރު] ކްލޭޝްވެ ދެރަޔެއް ލިބޭކަށް ބޭނުމެއް ނުވޭ. ޕޯޑިއަމްތަކުގައި އެގޮތަށް ދެވުނީމާ އެ ރިގްރެޓު [ދެރަވެ] ކުރަން. އަދި ފަހުން އަޅުގަނޑު މައާފަށް ވެސް އެދުނިން ވަޒީރަކަށް އައުމަށް ފަހު [ރައީސް މައުމޫނާ] ބައްދަލު ކޮށްފައި،" އަލީ ވަހީދު ވިދާޅުވީ ސިޔާސީ ހިޔާލު ތަފާތުވުމަކީ ޒާތީ ވުމަށް ވާން ނުޖެހޭ ކަމަށެވެ.