ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އައްޑުއަށް އިތުުރު ދެ ޖެނެރޭޓަރެއް ފޮނުވަނީ

ފެނަކައިން ރަށަކަށް ދާދި ފަހުން ފޮނުވި ޖަނެރޭޓަރެއް---

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީއަށް އިތުުރު ދެ ޖަނެރޭޓަރު ފޮނުވުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ އައްޑޫގައި މިހާރު ކަރަންޓު ދެމުންދާ ދެ މެގަވޯޓުގެ ޖަނެރޭޓަރަށް މިިދިޔަ ބުދަ ދުވަހު ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ލޯޑު ބޮޑުވެ ކަރަންޓް ކެނޑެމުންދާ ކަމަށެވެ.

މިހާތަަނަށް ބެލިބެލުމުން އެ ޖަނެރޭޓަރުތަކަށް ދިމާވެފައިވަނީ ބޮޑެތި މައްސަލަތަކެއް ކަމަށްވާތީ ވަގުތީ ހައްލެއް ހޯދުމަށް 1.2 މެގަވޯޓާއި 800 ކިލޯ ވޯޓުގެ ދެ ޖެންސެޓް ފޮނުވުމަށް މިހާރު ނިންމައިފައިވާ ކަމަށް ފެނަކައިން ބުންޏެވެ. އަދި އޭގެ އިތުރުން 2000 އަދި 1500 ކިލޯވޯޓުގެ ދެ ޓްރާންސްފޯމަރުވެސް ފޮނުވުމަށް މިހާރު ނިންމައިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ދެ މެގަ ވޯޓާއި ހަތަރު ވޯޓުގެ ދެ ޖެންސެޓް ހޯދުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށްވެސް ފެނަކައިން ބުންޏެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދިމާވި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ރައްޔިތުންނަށް ލިބެމުންދާ އަސާސީ ހިދުމަތައް އެންމެ ހިނދުކޮޅަކަށްވެސް ހުއްޓުމެއް އަޔަނުދިނުމަށާއި އަދި ހިދުމަތުގެ ޔަގީންކަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށްވެސް ފެނަކައި އިން ބުންޏެވެ.

comment ކޮމެންޓް