ވިހެއުމުން 6 މަހުގެ ޗުއްޓީދޭ ފުރަތަމަ އަމިއްލަ ކުންފުންޏަކީ ހެޕީ މާކެޓް

ހެޕީމާކެޓް

ވިހެއުމުން މައިންނަށް ހަ މަހުގެ މެޓާނިޓީ ލީވް އަދި ކުއްޖާގެ ބައްޕަ އަށް އެއް މަހުގެ ޕެޓާނިޓީ ލީވް ދޭން ނިންމި ފުރަތަމަ އަމިއްލަ ކުންފުންޏަކަށް ހެޕީ މާކެޓް ވެއްޖެ އެވެ.

ހެޕީމާކެޓުން ބުނީ އިއްޔެ އިން ފެށިގެން އެކުންފުނީގެ މުވައްޒަފުންނަށް ވިހެއުމުންދޭ ޗުއްޓީ ދޭން ފަށާފައިވާ ކަމަށެވެ.

ވިހެއުމުންދޭ ޗުއްޓީ އަށް ބަދަލު ގެންނަން ނިންމާފައިވާކަން ސަރުކާރުން ނިންމައި އެކަން އިއުލާނު ކޮށްފައި ވަނީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ.

މިއާ އެކު ސިވިލް ސާވިސްއެކޭ އެއްގޮތަށް ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން ވަނީ ވިހެއުމުންދޭ ޗުއްޓީ އަށް ބަދަލު ގެނެސް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެ ޗުއްޓީ ދޭން ފަށައިފަ އެވެ.

comment ކޮމެންޓް