ޕީޕީއެމްގެ އިންތިގާލީ ރައީސަކަށް މައުމޫން،
ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް ޔާމީން

5:39 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދުމަށް ބޭއްވި ވަގުތީ ޖަލްސާ ނިންމާލައިފި

5:34 މައުމޫން ވިދާޅުވީ ޕީޕީއެމްއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށާއި ވަކި މީހަކަށް ނިސްބަތްވާ ޕާޓީއެއް ނޫން ކަމަށެވެ. އެއީ ކޮންމެ ދިވެހި ރައްޔިތެއްގެ ޕާޓީއެއް ކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ ވަކި މީހަކަށް ސިޔާސީ މައިދާނުގައި ފުރުސަތުތަކެއް ހޯދައިދޭން އެ ޕާޓީ މަސައްކަތް ނުކުރާނެ ކަމަށެވެ. މައުމޫން ވިދާޅުވީ ޕީޕީއެމް މަސައްކަތް ކުރާނީ ރާއްޖެއާއި އިސްލާމްދީނަށްޓަކައި ކަމަށެވެ. ޖަލްސާ ނިންމާލުމަށްޓަކައި މިހާރު ގައުމީ ސަލާމް ކިޔަމުން ދަނީ.
~
5:27 ޕީޕީއެމްގެ އިންތިގާލީ ކައުންސިލަށް ހޮވުނު 16 ބޭފުޅުންނަކީ މުހައްމަދު ހުސެއިން ޝަރީފާއި އައިޝަތު އާޒިމާ ޝަކޫރާއި މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) އާއި އަހުމަދު ފާރިޝް މައުމޫނާއި އަނީސާ އަހުމަދާއި އަހުމަދު ސަލީމާއި އިބްރާހިމް ނާޒިމާއި ރާޝިދާ ޔޫސުފާއި ޑރ. އައިޝަތު ޝިހާމާއި އަހުމަދު ސިއްދީގާއި ޑރ. އަބްދުއްސަމަދު އަބްދުﷲ، އާއި މުހައްމަދު ނިމާލާއި އަސްމާ ރަޝީދާއި އިބްރާހިމް މުއާޒް އަލީ (މުއާ) އާއި އަހުމަދު ނަސީމާއި އަދި އުމަރު ނަސީރެވެ.

5:19 ޕީޕީއެމްގެ ވަގުތީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވާހަފުޅު ދައްކަވަމުން އެބަގެންދަވާ

5:17 ޕާލެމެންޓްރީ ގްރޫޕްގެ 11 މެންބަރުން ހޮވައިފި. އެ ގުރޫޕްުގެ ރައީސަކަށް ހޮވިވަޑައިގަތީ ޔާމީން އަބްދުލް ގައްޔޫމް، ވޯޓް އެއްވަރުވެގެން ދެވަނަ ފަހަރަށް ނެގި ވޯޓުގައި ކުރި ހޯއްދެއްވީ ޑރ. އަފްރާޝީމް، ހޮވިވަޑައި ނުގަތީ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ. އިންތިހާބުވީ އަބްދުﷲ ޔާމީނާއި އަހުމަދު މަހުލޫފާއި މުހައްމަދު މުޖުތާޒާއި އަލީ އާރިފާއި އަބްދުލް މުހުސިން ހަމީދާއި އަހުމަދު ނިހާން ހުސެއިން މަނިކާއި އަބްދުއްރަހީމް އަބްދުﷲ އާއި ހަމްދޫން ހަމީދާއި އިލްހާމް އަހުމަދާއި އަހުމަދު ސަލީމް އަދި ޑރ. އަފްރާޝީމް އަލީ އެވެ.


4:32 އިންތިގާލީ ކައުންސިލަށް ވާދަކުރި 26 ކެންޑިޑޭޓުންގެ ވޯޓު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ އެވެ. އޭގެ ތެރެއިން 16 މެންބަރަކު އެކައުންސިލަށް ހޮވާއިރު ހަތަރު އަންހެން ބޭފުޅުން ހޮވަން ޖެހެ އެވެ. ވާދަ ކުރެއްވެވީ:
އަބްދުﷲ މަޖީދު
ރާޝިދާ ޔޫސުފު
މުހައްމަދު ހުސައިން ޝަރީފު
އާދަމް ޝާކިރު
މުހައްމަދު ވަހީދު އިބުރާހިމް
އަހުމަދު ސިއްދީގު
މުހައްމަދު ހަލީލް
ފާރިޝް މައުމޫން
އަހުމަދު ސަލީމް (މާޒް)
އާޒިމާ ޝަކޫރު
މުހައްމަދު ނިމާލު
ޑރ. އަބްދުއް ސަމަދު އަބްދުﷲ
އަނީސާ އަހުމަދު
އިބުރާހިމް ނާޒިމް
އުމަރު ނަސީރު
ފާތުމަތު މުހައްމަދު (ފާތޭ)
ޑރ. އައިޝަތު ޝިހާމް
އިބުރާހިމް ހުސައިން
އައިޝަތު ނާޒިމާ
އިބުރާހިމް މުއާޒު އަލީ (މުއާ)
އަހުމަދު ސަލީމް
އާމިނަތު ނާދިރާ
އަސްމާ ރަޝީދު
އާމިނަތު ލީލާ
މުހައްމަދު ރަމީޒް އަލީ (އޮގަރު)
އަނީސާ ސައީދު


2:26 ވޯޓު އެއްވަރުވި ދެ ބޭފުޅުންގެ މެދުގައި އަލުން ވޯޓު ނަގައިފި އެވެ. އެއީ ކޮން ދެބޭފުޅުންނެއް ކަމަށް އަދި އިއުލާނެއް ނުކުރެ އެވެ.

2:26 ޕާލެމެންޓްރީ ގްރޫޕްގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ 11 މެންބަރުންގެ ތެރެއިން ދެމެންބަރެއްގެ ވޯޓު އެއްވަރުވުމުން އެވޯޓު އަލުން ނަގާ ގޮތަށް ހަމަޖައްސައިފި

2:32 އިންތިގާލީ ކައުންސިލަށް މެންބަރުން ނެގި ވޯޓު ނެގުމަށް ފަހު ގުނާ ނިމިގެން ދެވަނަ ފަހަރަށް ޗެކު ކުރަމުން އެބަދެ އެވެ. ނަތީޖާ އިއުލާން ކުރުން ގިނައިރު ނުވާނެ ކަމަށް އޮފިޝަލުން ވިދާޅުވޭ.

http://sun.mv/albums/l_2005.jpg

00:26 އިންތިގާލީ ކައުންސިލަށް މެންބަރުން ހޮވުމަށް ވޯޓުލާން ފަށައިފި

00:26 ޕީޕީއެމްގެ އިންތިގާލީ ރައީސަކަށް މައުމޫން ހޮވައިފި. ހޮވީ އިއްތިފާގުންނެވެ. އެ މަގާމަށް ކުރިމަތިލެއްވެވީވެސް މައުމޫން އެކަންޏެވެ.

00:48 އިންތިގާލީ ކައުންސިލަށް ކުރިމަތިލެއްވެވި 26 މީހުންގެ ނަންތައް ތަރުތީބުކޮށްފި، ގުރުއަތު ނަގައިދެއްވީ އަހުމަދު މަހުލޫފު މީގެ ތެރެއިން ވޯޓު ދޭން ޖެހެނީ 16 މީހަކަށް. އޭގެ ތެރޭގައި ހަތަރު އަންހެނުން ހިމެނެން ޖެހޭ

23:48 އިންތިގާލީ ކައުންސިލަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އިއުލާން ކޮށްފި . އެލިސްޓުގެ ކެންޑިޑޭޓު ނަމްބަރު ތަރުތީބު ކުރުމަށް ކުޑައިރުކޮޅަކުން ގުރުއަތު ނަގާނެ އެވެ. އިންތިގިލާގީ ކައުންސިލުގައި 16 ކެންޑިޑޭޓުންނަށް ވޯޓުލާއިރު ހަތަރު އަންހެނުންނަށް ވޯޓު ދޭން ޖެހެ އެވެ. ހަތަރު އަންހެން ބޭފުޅުން ނުހޮވޭނަމަ ވޯޓު ބާތިލުވާނެ އެވެ. އިންތިގާލީ ކައުންސިލަށް 26 މީހަކު ކުރިމަތިލި އެވެ. އޭގެތެރޭގައި އަނީސާ އަހުމަދާއި އާޒިމާ ޝަކޫރާއި މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި އުމަރު ނަސީރާއި އަސްމާ ރަޝީދާއި ފާރިޝް މައުމޫނާއި ނިމާލު ހިމެނެ އެވެ.

http://sun.mv/albums/l_2001.jpg

23:48 ޕާޓީގެ އިންތިގާލީ ކައުންސިލަށް ބޭފުޅުން ކުރިމަތިލުމަށް ހުޅުވައިލި ވަގުތު ބަންދުކޮށް، ނަންތައް ތަރުތީބު ކުރަން ފަށައިފި.

23:41 ގާނޫނީ ގޮތުން ޕީޕީއެމް ތަމްސީލުކުރާ ފަރާތަކީ އިންތިގާލީ ކައުންސިލް ކަމަށް ފާސްކޮށްފި. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އެ ނަންވެސް އިއްތިފާގުން ފާސްކޮށްފި. ޕާޓީގެ މަގުސަދު ވެސް ހުށަހެޅި ގޮތަށް ފާސްކޮށްފި.

23:41 ޕީޕީއެމްގެ މެނިފެސްޓޯ ވެސް ފާސްކޮށްފި އެވެ. ހުށަަހެޅި ގޮތަށް ފާސްކުރި މެނިފެސްޓޯއަށް ލިބުނީ 722 ވޯޓެވެ.

23:35 ޕީޕީއެމްގެ އަސާސީ ގަވައިދު ފާސްކޮށްފި އެވެ. އެންމެ އިސްލާހަކާއެކު ގަވައިދު ފާސްކުރީ 803 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ވޯޓުލެވޭ 971 މެންބަރު ޖަލްސާގައި ތިބުމުން އެއީ 8. 82 ޕަސެންޓެވެ. މިހާރު ވޯޓަށް އަހަން ތައްޔާރުވެފައި ވަނީ ޕާޓީގެ މެނިފެސްޓޯއަށެވެ.

23:22 ޕީޕީއެމްގެ ލޯގޯ ފާސްކޮށްފި އެވެ. 751 ވޯޓުން ފާސްވީ ރުކާއި ކްރެސެންޓެއް ނުވަތަ ހަނދުފަޅިއެއް ހިމެނޭ ގޮތަށް ހުށަހެޅުނު ލޯގޯ އެވެ. އެ ލޯގޯ ހުށަހަޅާފައި ވަނީ އަހުމަދު މަހުލޫފާއި ހުސައިން މާޒިންނެވެ. ޖަލްސާ ފެށި އިރު މައުމޫން ވިދާޅުވި ގޮތަށް ލޯގޯ ފާސް ކުރުމުގެ ވޯޓުގައި މައުމޫނާއި އަނބިކަނބަލުން ނަސްރީނާ ބައިވެވެ ވަޑައެއް ނުގަންނަވަ އެވެ. މި ލޯގޯ ފާސްވުމުން ބާކީ އޮތް ތިން ލޯގޯއަށް ވޯޓަކަށް ނާހަ އެވެ. ދެން އޮތީ އަސާސީ ގަވައިދު ފާސް ކުރުމެވެ.

http://sun.mv/albums/l_1999.jpg

23:22 ފުރަތަމަ ލޯގޯ އަށް ލިބުނީ 10 ވޯޓު، އެ ލޯގޯއިން ދައްކައިދެނީ އަތްތިލައެއް. ދެ ވަނަ ލޯގޯއަށް ވޯޓަށް އަހައިފި

23:16 ވޯޓަށް ހޮވަން ހޮވާފައިވާ ފަސް ލޯގޯއާ ބެހޭ ޕްރެޒެންޓޭޝަނެއް ހުށަހަޅަމުން އެބަދޭ

23:07 އަސުރުމާ ކުލައަށް ލިބުނީ 603 ވޯޓު، އެއީ 62.10 ޕަސެންޓެވެ. އެހެން ކަމުން ޕީޕީއެމްގެ ކުލައަކީ އަސުރުމާ ކުލަ ނުވަތަ މެޖެންޓާ ކުލަ ކަމަށް ވަނީ ފާސްވެފައެވެ. ދެން އޮތީ ލޯގޯއަށް ވޯޓަށް އެހުމެވެ. އޭގެ ކުރިން ވޯޓަށް އަހާނެ ލޯގޯތަކެއް ހޮވުމަށް ގުރުއަތުލުން ބާއްވާނެ އެވެ. އެއީ ފަސް ލޯގޯއެކެވެ.

23:05 ރަތް ކުލައަށް ވޯޓަށް އެހުމުން ވޯޓު ދިނީ 323 މީހުންނެވެ. އެއި ވޯޓު ދިންމީހުންގެ 33.26 ޕަސެންޓެވެ. ހާޒިރުވެ ތިބީ ވޯޓުލެވޭ 971 މީހުންނެވެ. މިހާރު ވޯޓަށް އަހައި ވޯޓު ނަގަމުންދަނީ އަސުރުމާ ކުލައަށެވެ. ރަތް ކުލައަށް ވޯޓުލީ މީހުންނަށް މި ވޯޓުގައި ބައިވެރިއެއް ނުވޭނެ އެވެ.

22:50 ކުލައާމެދު ވޯޓަށް އެހޭނީ ޖަލްސާއަށް ހާޒިރުވި ފަރާތްތަކުގެ ރަޖިސްޓަރީ ލިބިގެން ކަމަށް ވަގުތީ ރިޔާސަތުން ބުނެފި. ރަޖިސްޓްރީ ލިބިފައި ނުވާތީ ހާޒިރުވެފައިވާ މީހުން ގުނަން ފަށައިފި. ރިޔާސަތުން އިއުލާންކުރެއްވެވީ ފެހި ފާސް އަޅައިގެން ތިބި މީހުންގެ އަތް މައްޗަށް އުފުލުމަށް އެއީ ކަމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަކީ.

22:48 ޕްރައިމަރީ ކުލަތަކުގެ ތެރޭގައި ހިމެނީ ރަތާއި އަސުރުމާ ނުވަތަ މެޖެންޓާ ކުލައާއި ގުރާފެހި ކުލަ،

22:41 ކުލަ ފާސް ކުރުމުގެ މަސައްކަތް ފަށައިފި. ޕާޓީގެ ކުލަ ފާސް ކުރުމުގައި ރޭގަނޑުގެ އަލީގައި ކުލައަށް އަންނަ ބަދަލާމެދު ވިސްނައިލުމަށް ވަގުތީ ރިޔާސަތުން އަންގައިފި. މިހާރު ކުލައާބެހޭ ޕްރެޒެންޓޭޝަނެއް ހުށަހަހަޅަނީ. ކުލައަ އާއި ލޯގޯގެ މަސައްކަތްތައް ކުރިޔަށް ގެންދިޔައީ ހަތަރު މެންބަރުންގެ ކޮމެޓީއަކުން ކަމަށް ބުނެފި

22:41 ދެން އޮންނާނީ ޕާޓީގެ ލޯގޯ އާއި ކުލަ ފާސް ކުރުން، ކުޑައިރުކޮޅެއްގެ ތެރޭގައި އެ މަސައްކަތް ފަށާނެ

22:39 ވަގުތީ ޖަލްސާގެ ސެކްރެޓަރީ ޖަލްސާގެ އެޖެންޑާ އިއުލާން ކުރައްވަމުން އެބަގެންދަވާ.

http://sun.mv/albums/l_2000.jpg

22:36 އަދީލް ޖަލީލާއި އަހުމަދު ޝަފީގު އަދި އަހުމަދު އަލި މަނިކު ޖަލްސާގެ އިންތިހާބީ ކޮމެޓީއަށް އިންތިހާބު ކޮށްފި

22:36 ވަގުތީ ރިޔާސަތުގެ ނައިބަކަށް މުހައްމަދު ޒުހައިރު އިންތިހާބުކޮށްފި

22:33 ވަގުތީ ރިޔާސަތަށް ސީނާ ޒާހިރު އިންތިހާބު ކޮށްފި. މައުމޫނު ވިދާޅުވީ ލޯގޯ ފާސް ކުރުމުގެ ވޯޓުގައި އެމަނިކުފަނާއި ނަސްރީނާ ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް. މިހާރު ވަގުތީ ރިޔާސަތުގެ ނައިބެއް ހޮވުމުގެ މަސައްކަތް ކުރަނީ. މަގާމަށް މުހައްމަދު ޒުހައިރު ހުށަހަޅުއްވައިފި. އާޒިމާގެ ނަން ހުށަހަޅުއްވައިފި. އާޒިމާ އެހެން މަގާމަކަށް ވާދަ ކުރައްވާތީ ތަނާޒުލުވެ ވަޑައިގެންފި

22:23 ޖަލްސާގެ ވަގުތީ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅެގެ ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި. ސީނާ އަހުމަދު ޒާހިރުގެ ނަންން އުމަރު ނަސީރު ހުށަހަޅުއްވާފައި.

22:20 ބައްދަލުވުން ގަޑިއަށް ނުފެށުނު ކަމަށްޓަކައި މައުމޫނު މާފަށް އެދިވަޑައިގެންފި. އެކަން އެހެންވީ ގަވައިދުން ކަންތައް ކުރުމުގައި ހީކުރިވަރަށްވުރެ ކަންކަން ދިގުލައިގެން ދިޔައީ ކަމަށް

22:20 ގުރުއާން ކިޔަވާ ނިމުނުން ޖަލްސާ ތައާރަފު ކުރަން މައުމޫނު ވާހަފުޅު ދައްކަވަން ފަށައިފި. ޖަލްސާއަށް ހާޒިރުވި ފަރާތްތަކަށް ޝުކުރު ދަންނަވައިފި. ޑިޕްލޮމެޓިކް ބޭފުޅުންނާއި އެހެން ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ ބޭފުޅުންނާއި ބައްދަލުވުން ބަލާ ކޮމިޝަންގެ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވައިފި

22:15 ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މައުމޫން ވަޑައިގެންނެވުމާއެކު ޖަލްސާ ފަށައިފި އެވެ. މިހާރު ގެންދަނީ ޖަލްސާ ފެށުމަށް ކީރިތި ގުރުއާން ކިޔަވަމުންނެވެ.

22:08 ވަރަށް ގިނަ އަދަދެއްގެ މީހުން ޖަލްސާއަށް ވަދެފައިވިޔަސް އަދި ވެސް ހުސް ގޮނޑިތައް އެބަހުއްޓެވެ. ޖަލްސާ ކުޑައިރުކޮޅެއްގެ ތެރޭގައި ފަށާނެ ކަމަށް އޮފިޝަލުން ވިދާޅުވި ނަމަވެސް އަދިވެސް ފެށޭ ވަރެއް ނުވެެ އެވެ. ޖަލްސާއަށް އެކި އުމުރުގެ މީހުން ވަދެ އެބަތިއްބެވެ.

http://sun.mv/albums/l_1997.jpg

21:33 ޖަލްސާ އަދިވެސް ފެށޭ ވަރެއް ނުވެއެވެ. ޖަލްސާގެ އެޖެންޑާގައިވާ ގޮތުން މިރޭ ފުރަތަމަ އޮންނާނީ ވަގުތީ ޖަލްސާއަށް ރިޔާސަތެއް އިންތިހާބު ކުރުމެވެ. އަދި ރިޔާސަރުގެ ނައިބު ރިޔާސަތަ ހަވަލުވުމެވެ. އޭގެ ފަހުން މިރޭ ބާއްވާ އިންތިހާބުތައް ބަލަހައްޓާ ކޮމެޓީއަށް ތިން މެންބަރުން އިންތިހާބު ކުރުމާއި ޕާޓީގެ ކުލަ އާއި ލޯގޯ އާއި އަސާސީ ގަވައިދާއި މެނިފެސްޓޯ ފާސް ކުރުން އޮންނާނެ އެވެ. އޭގެ ފަހަށް އޮންނާނީ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވައިލާ ވަގުތު ބަންދު ކުރުމެވެ.

21:33 ކުޑައިރުކޮޅެއްގައި މައުމޫން އަބްދުލް ގައްޔޫމު ވަޑައިގަންނަވާނެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ. އަދި ޖަލްސާ ފަށަން ހުއްދަ ދެއްވާފައިވާތީ މިހާރު ވަމުންދަނީ ޖަލްސާ ފެށުމުގެ ތައްޔާރީތަކެވެ. ރަންނަ ބަނޑޭރި މާލަމުގެ ހޯލަށް ބަލާއިރު އަދިވެސް ނުފުރި ގޮނޑިތައް އެބަހުއްޓެވެ. މިހާރު ވެސް މީހުން ވަންނަމުން އެބަދެ އެވެ.

21:27 ގާނޫނީ ގޮތުން ޖަލްސާ ފެށެނީ 300 މީހުން ހަމަވުމުންނެވެ. ޖަލްސާ ފެށުމުގެ ހުއްދަ މިހާރު އިލެކްޝަނުން ދީފައިވާ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އަދި ޖަލްސާއެއް ނުފަށައެވެ.

http://sun.mv/albums/l_1996.jpg

21:22 ޖަލްސާއަށް އަދި މައުމޫން ވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް އެހެން ސިޔާސީ ޕާޓީތަކުން އޮފިޝަލުން ވަޑައިގެން އެބަތިއްބެވި އެވެ. އޭގެ ތެރޭގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ގައުމީ އިއްތިހާދާއި ގައުމީ ޕާޓީގެ އޮފިޝަލުން ހިމެނެ އެވެ.

21:17 ޕާޓީން އިލެކްޝަން ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައި ވަނީ 3019 މީހުންނެވެ. ޖަލްސާއަށް ވަދެވެނީ ގާނޫނީ ގޮތުން އެވަރަށެވެ. ނަމަވެސް ޖާގަ އޮތް ގޮތުން ވަދެވޭ ގޮތަށް ހަމަޖައްސާފައި ވަނީ 1100 މީހުނެވެ. ޖަލްސާއަށް މީހުން ވެއްދުމަށް ކޮމިޝަންގެ އޮފިޝަލުންގެ ހާޒިރުގައި އަދިވެސް ދަނީ ޗެކު ކުރަމުންނެވެ.

21:12 މިހާރު ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހޯލަށް ވަދެ އިށީންދެއްޖެ އެވެ. އަދި މީހުން ވަންނަނީ އެވެ. ޖަލްސާ ފެށޭނީ ލިސްޓުގައިވާ އެންމެނަށް ވަދެވުމުން ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

http://sun.mv/albums/l_1995.jpg

21:04 މިހާރު އުމަރު ނަސީރު އެނައުންސްމަންޓެއް އިއްވަމުން އެބަދެ އެވެ. އުމަރު ވިދާޅުވީ ޖަލްސާއަކީ ގާނޫނީ ޖަލްސާއެއް ކަމަށާއި ޖަލްސާއަށް ވަދެވޭނީ އިލެކްޝަނުންގެ އޮފިޝަލުންގެ ލިސްޓުގައިވާ މީހުންނަށް ކަމަށެވެ. އެހެން މީހުން ވަންނަން ޖެހޭނީ ފާށަނާމާލަމަށް ކަމަށެވެ. ޖަލްސާއަށް މީހުން ވެއްދުމުގައި އިލެކްޝަނުން ގެންގުޅޭ އުސޫލުތައް އަޑުގަދަކުރާގެ އެހީގައި އައިޝަތު އާޒިމާ ޝަކޫރު އިއްވަމުން އެބަދެ އެވެ.

21:00 މިހާރު ވެސް ޖަލްސާއަށް މީހުން ވެއްދުމަށް ރަޖިސްޓަރީ ކުރަމުން އެބަދެ އެވެ. ޖަލްސާ ފަށާ ގަޑި އަދި އިއުލާނެއް ނުކުރެ އެވެ. މި ޖަލްސާ ދި ޓީވީއާ ވީޓީވީ އިން ދުރަށް ދައްކަ އެވެ.

http://sun.mv/albums/l_1994.jpg

20:53 ދަރުބޭރުގޭ ދޮށިމޭނާ މާލަމުގައި ސްްކްރީން މެދުވެރިކޮށް ޖަލްސާގެ މަންޒަރުތައް ބެލުމަށް ވެސް، ނަން ނޯޓު ނުކޮށް ގިނަ އަދަކަށް މީހުން ޖަމާވެފައި އެބަޮއޮތެވެ. އެ މާލަމަށް ވަނުމަށް ވެސް ކިޔޫއެއް ވަނީ ހަދާފައެވެ.

20:49 އަދިވެސް ޖަލްސާއެއް ނުފަށަ އެވެ. މިހާރު އިލެކްޝަންސްގެ އޮފިޝަލުން ވެސް ވަޑައިގެންފި އެވެ. އިލެކްޝަންސްގެ ފަސްވަރަކަށް ބޭފުޅުން އޮބުޒާވް ކުރެއްވުމުގައި އެބައުޅުއްވަ އެވެ.

20:41 ޖަލްސާއަށް މީހުން ވައްދަމުން ދަނީ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ލިސްޓަކަށް ބަލައިގެނެވެ. އެ ކޮމިޝަނުގެ އޮފިޝަލުން އަދި ޖަލްސާއަށް ވަޑައެއް ނުގަންނަވަ އެވެ. ހޯލަށް މިވަގުތު ވެސް ގިނަ ބަޔަކު ވަދެފައިވާއިރު އަދިވެސް ބޭރުގައި ވަނީ ކިޔޫ ހަދާފަ އެވެ.

20:34 ދަރުބާރުގެ އިން ފެށިގެން ހެންވޭރު ޕާކާ ހަމައަށް މިހާރު ވެސް މީހުން ސަފު ހަދައިގެން އެބަތިއްބެވެ.

20:11 ޖަލްސާއަށް ވަނުމަށްޓަކައި ދިއު ކިޔޫއެއް މިހާރު ވެސް ވަނީ ހަދާފައެވެ. ގިނަ އަދަދަކަށް މީހުން ޖަމާވަމުން އެބަދެ އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އުފެއްދުމަށް ބާއްވާ ދަރުބާރުގޭގައި މިރޭ 8:30 ފަށާނެ އެވެ. މިވަގުތު ޖަލްސާއަށް 1100 މީހުން ބައިވެރިވާ ޖަލްސާ އަށް މިހާރުން ފެށިގެން މީހުން ވަނުމަށް ދަރުބާރުގެ ކައިރިއަށް ޖަމާވަމުން އެބަދެ އެވެ.

ވަގުތީ ޖަލްސާގައި، މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލައްވާނީ މިރޭގެ ޖަލްސާގެ ޗެއާމަން އެކަމަށް މިރޭ ހުޅުވައިލުމުންނެވެ.

http://sun.mv/albums/l_1988.jpg

ވަގުތީ ރައީސްގެ އިތުރުން ހިންގާ ވަގުތީ ކައުންސިލް އިންތިހާބު ކުރާނެ އެވެ. އެ ކައުންސިލްގައި 31 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން 11 ބޭފުޅުންނަކީ މަޖިލިސް މެމްބަރުންނެވެ. އެ ކައުންސިލްގައި ދެން ތިއްބަވަނީ ވަގުތީ ރައީސް އައްޔަން ކުރައްވާ ތިން ޓެކްރޮނޯޓުންނާއި ވަގުތީ ކައުންސިލުގެ ތެރެއިން އިންތިހާބު ކުރާ ނައިބު ރައީސެކެވެ.

އެގާރަސަތޭކަ މީހުން ބައިވެރިކުރާ ޖަލްސާފައި ޕީޕީއެމްގެ ކުލަ އާއި ލޯގޯއާއި އަސާސީ ގަވާއިދާއި މެނިފެސްޓޯ އަށް ވެސް ވޯޓަށް އަހާނެ އެވެ.
އ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު