ބީއެމްއެލްގެ ހިއްސާއަކަށް 24 ރުފިޔާ ބަހަން ނިންމައިފި

ބީއެމްއެލްގެ މިދިޔަ އަހަރުގެ އޭޖީއެމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިއްސާ އަކަށް 24 ރުފިޔާ ބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މިދިޔަ އަހަރު އެ ބޭންކަށް ލިބުނު ފައިދާގެ ތެރެއިން 129،166،080 ރުފިޔާ ބަހަން ނިންމައިފައެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ ބޭންކުގެ ހިއްސާ ދާރުންނަށް ހިއްސާގެ ފައިދަގެ ގޮތުގައި ބަހާފައިވަނީ ހިއްސާ އަކަށް 22 ރުފިޔާ އެވެ.

ބީއެމްއެލްގެ ހިއްސާއަކަށް 24 ރުފިޔާ ބަހަން ފާސްވާނީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންގެ ވޯޓުންނެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބީއެމްއެލް އަށް ފައިދާގެ ގޮތުގައި 77 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

comment ކޮމެންޓް