'ވަން ޑިރެކްޝަން' ބޭންޑުގެ ލަވަކިޔުންތެރިޔާ ލުއިސް ތޮމްލިންސަންގެ ކޮއްކޮ ފެލިސިތޭ ތޮމްލިންސަން މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އުމުރުން 18 އަހަރުގެ ފެލިސިތޭ މަރުވެފައި އޮއްވައި ފެނިފައި ވަނީ ލަންޑަނުގައި އޭނާގެ އެޕާޓްމެންޓުގައި ކަމަށް ބޭރުގެ ޚަބަރުތައް ބުނެ އެވެ.
އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި އޭނާގެ ހަށިގަނޑުން އެއްވެސް ޑްރަގެއްގެ އަލާމާތެއް ފެނިފައިވާ ނުވާ ކަމަށް ފުލުހުންނާ ހަވާލާދީ ބޭރުގެ ޚަބަރުތައް ބުނެ އެވެ.
އެ މަރުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ފެލިސިތޭ އަކީ އިންސްޓަގްރާމްގައި ވަރަށް މަޝްހޫރު އަންހެނެކެވެ. އޭނާ އަކީ ފެޝަން ޑިޒައިނަރެކެވެ.