އުރީދޫ އިން ސެމްސަންގް ގެލެކްސީ އެސް10 ގެ ޕްރީ އޯޑަރަށް ހުޅުވާލައިފި

އުރީދޫ އިން ސެމްސަންގް ގެލެކްސީ އެސް 10 ޕްރީ އޯޑަރަށް ހުޅުވާލުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސެމްސަންގުގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ސެމްސަންގް ގެލެކްސީ އެސް10 ގެ ޕްރީ އޯޑަރަށް އުރީދޫ އިން ހުޅުވާލައިފިއެވެ.

މިއަދު އުރީދޫ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ފޯނަށް ޕްރީ އޯޑާ ކުރުމަށް ހުޅުވާލި ފުރުސަތުގައު އުރީދޫގެ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި އިންސްޓޯލްމެންޓަށް ގެލެކްސީ އެސް 10 ލިބޭނެ ކަމަށެވެ. ފޯނާއެކު ގެލެކްސީ އިޔާ ބަޑް އެއްވެސް ހިލޭ ލިބޭނެއެވެ.

ސެމްސަންގުގެ ކަސްޓަމަރުންނަށް ދެ ޕްލޭނެއްގެ ދަށުން ގެލެކްސީ އެސް 10 ގެ ފޯނުތައް ގަނެވޭނެއެވެ.

އުރީދޫ އިން ސެމްސަންގް ގެލެކްސީ އެސް 10 ޕްރީ އޯޑަރަށް ހުޅުވާލުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުލް ޕޭމެންޓް ޕްލޭން (ކޮންމެ މަހަކު އެއް ޖީބީގެ ހިލޭ ޑޭޓާ އެއް އަހަރަށް)

  • ސެމްސަންގް ގެެލެކްސީ އެސް 10 (128 ޖީބީ) 12،999 ރުފިޔާ އަށް
  • ސެމްސަންގް ގެެލެކްސީ އެސް 10+ (128 ޖީބީ) 14.499 ރުފިޔާ އަށް
  • ސެމްސަންގް ގެެލެކްސީ އެސް 10 (512 ޖީބީ) 18،1999 ރުފިޔާ އަށް
  • ސެމްސަންގް ގެެލެކްސީ އެސް 10+ (އެއް ޓީބީ) 23،599 ރުފިޔާ އަށް

އުރީދޫ އިން ސެމްސަންގް ގެލެކްސީ އެސް 10 ޕްރީ އޯޑަރަށް ހުޅުވާލުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މަންތްލީ އިންސްޓޯލްމެންޓް ޕްލޭން (ކޮންމެ މަހަކު އެއް ޖީބީގެ ހިލޭ ޑޭޓާ އެއް އަހަރަށް)

  • ސެމްސަންގް ގެެލެކްސީ އެސް 10 (128 ޖީބީ) އަޕް ފްރަންޓް ޕޭމަންޓް 1999 ރުފިޔާ، މަހަކު 942 ރުފިޔާ
  • ސެމްސަންގް ގެެލެކްސީ އެސް 10+ (128 ޖީބީ) އަޕް ފްރަންޓް ޕޭމަންޓް 2999 ރުފިޔާ، މަހަކު 992 ރުފިޔާ
  • ސެމްސަންގް ގެެލެކްސީ އެސް 10 (512 ޖީބީ) އަޕް ފްރަންޓް ޕޭމަންޓް 2999 ރުފިޔާ، މަހަކު 1300 ރުފިޔާ
  • ސެމްސަންގް ގެެލެކްސީ އެސް 10+ (އެއް ޓީބީ) އަޕް ފްރަންޓް ޕޭމަންޓް 2999 ރުފިޔާ، މަހަކު1775 ރުފިޔާ

ސެމްސަންގް ގެލެކްސީ އެސް10 އަދި އެސް10 ޕްލަސް އަކީ ވަޔަލެސް ޕަވާ ޝެއަރިންގެ ޓެކްނޮލަޖީ ހިމެނާފައިވާ ފޯނުތަކެކެވެ. 4ކޭ ވީޑިއޯ ނެގޭނެ މި ފޯނުން ސްޓޫޑިއޯ ގްރޭޓް ފޮޓޯ ނެގޭނެއެވެ.

comment ކޮމެންޓް