ކޮކާކޯލާ ބޮއިގެން ޕްރެމިއާ ލީގު ބަލަން ދާނެ ދެ ނަސީބުވެރިއަކަށް ޓިކެޓު ހަވާލުކޮށްފި

ކޮކާ ކޯލާ އިން މިހާރު ކުރިއަށް ގެންދާ ޕްރެމިއާ ލީގު ޕްރޮމޯޝަނުގެ ދަށުން އިނގިރޭސި ޕްރެމިއާ ލީގުގެ މެޗެއް ބެލުމަށް އިނގިރޭސިވިލާތަށްދާނެ ދެ ނަސީބުވެރިންނަށް ރަމްޒީ ޓިކެޓު ހަވާލުކޮށްފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޕްރެމިއާ ލީގު ބަލަންދާނެ ދެ ނަސީބުވެރިންނަކީ އަބްދުﷲ މުހައްނަދު މުހައްމަދާއި ހުސައިން ޝަފީގެވެ. ކޮކާ ކޯލާއިން ހުރިހާ ހަރަދެއް ކުރާ މި ދަތުރުގައި އިތުރު އެއް ބައިވެރިޔަކު ބައިވެރި ކުރުމުގެ ފުރުސަތު ދެ ނަސީބުވެރިންނަށްވެސް ލިބޭނެއެވެ.

ކޮކާ ކޯޕާ ޕްރެމިއާ ލީގު ޕްރޮމޯޝަނުގެ ދަށުން ޕްރެމިއާ ލީގު ބަލަން ދާނެ އިތުރުން ތިން ބައިވެރިއަކު އަދި ހޮވާނެއެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކޮކާ ކޯލާގެ ރަން މަތި ޖެހި ފުޅީގެ މަތިގަނޑު ދަށުގައި އިންނަ ކޯޑު 2626 އަށް އެސް އެމްއެސް ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވުނީއެވެ.

ޕްރެމިއާ ލީގު ބަލަން ދިއުމުގެ ފުރުސަތުގެ އިތުރުން ކޮންމެ ދުވަހަކުވެސް ނަސީބުވެރި އެއް ފަރާތަކަށް 43 އިންޗީގެ އެލްސީޑީ ސެމްސަންގް ޓީވީ އެއް ދޭނެއެވެ. މިއަދު ވަނީ ޓީވީ ލިބުނު 31 ބައިވެރިއަކަށް ޓީވީ ވެސް ހަވާލުކޮށްފައެވެ. 45 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ޖުމްލ 45 ޓީވީ ދޫކުރާނެއެވެ.

ކޮކާ ކޯލާ އަކީ ފުޓުބޯޅައިގެ ހަރަކާތްތަކުގައި ވަރަށް ގާތުން މަސައްކަތް ކުރާ ޕާޓްނަރެކެވެ. ހާއްސަކޮށް ވޯލްޑް ކަޕް އާއި ޔޫރޯ ފަދަ ބޮޑެތި މުބާރާތްތަކުގެ ޕާޓްނަރެއްގެ ހައިސިއްޔަތުން ދިވެހިންނަށް މި މުބާރާތްތަކުގެ މެޗުތައް ބަލަން ދިޔުމުގެ ފުރުސަތު ކޮކާ ކޯލާ އިން ވަނީ ފަހިކޮށްދީފައެވެ.

ކޮކާ ކޯލާ އިން ބުނީ ޕްރެމިއާ ލީގު ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

comment ކޮމެންޓް