ކޭޓީ ޕެރީ އެންގޭޖްވެއްޖެ

ކޭޓީ ޕެރީ އާއި އޯލަންޑޯ---

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ 34، އެންގޭޖްވެއްޖެއެވެ.

ކޭޓީ އެންގޭޖްވެފައި ވަނީ އޭނާގެ ލޯބިވެރިޔާ ފިލްމީ ތަރި އޯލަންޑޯ ބްލޫމް 42، އާ އެވެ.

ލޯބިވެރިންގެ ދުވަހު އެދެތަރިން އެންގޭޖްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ދެތަރިން އެންގޭޖްވީ ނަމަވެސް ކައިވެނި ކުރާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ. އަދި އެންގޭޖްކުރުމާ ގުޅިގެން ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި އެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.

ކޭޓީ އާއި އޯލަންޑޯ ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ އަނެއް އަހަރު ރުޅިވި ނަމަވެސް އަނެއްކާ ވެސް އެދެމީހުން ގުޅުނެވެ.

ކޭޓީ ކުރިން އިނދެގެން އުޅުނީ ކޮމީޑިއަން ރުސެލް ބްރޭންޑް އާއެވެ. އަދި އޯލަންޑް ކުރިން އިނީ މިރަންޑާއާއެވެ. އެދެމީހުންނަށް ވަނީ ދަރިއަކުވެސް ލިބިފައެވެ.

comment ކޮމެންޓް