މަޖިލީހުގެ 11 ދާއިރާ އަކަށް ވާދަކުރަން ލޭބާ ޕާޓީން ނިންމައިފި

ލޭބާ ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން: އެޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި 11 ދާއިރާ އަކަށް ވާދަކުރަން ވަނީ ނިންމާފައި --- ސަން ފޮޓޯ: އަހްމަދު އަވްޝަން

އަލަށް އުފެއްދި މޯލްޑިވްސް ލޭބާ އެންޑް ޝޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 11 ދައިރާ އަކަށް ވާދަ ކުރުމަށް ނިންމައިފި އެވެ.

މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ލެބާ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ 11 ދާއިރާއެއް އިއުލާން ކޮށްފަ އެވެ.

ލޭބާ ޕާޓީން ވާދަ ކުރަން ނިންމި 11 ދައިރާ:

  1. ހދ. ނޮޅިވަމް ދާއިރާ
  2. ށ. މިލަންދޫ ދާއިރާ
  3. ޅ. ހިންނަވަރު ދާއިރާ
  4. ބ. އޭދަފުށި ދާއިރާ
  5. އދ. މާމިގިލީ ދާއިރާ
  6. ތ. ކިނބިދޫ ދާއިރާ
  7. ގއ. ދާންދޫ
  8. ސ. މީދޫ ދާއިރާ
  9. ވިލިމާލެ ދާއިރާ
  10. ހުޅުމާލެ ދާއިރާ
  11. ހެންވޭރު ދެކުނު ދާއިރާ

އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ، އެ ޕާޓީގެ ޓިކެޓްގައި 11 ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓުން ވަރަށް އަވަހަށް ޕާޓީން ބާއްވާ ހާއްސަ ރަސްމިޔާތެއްގައި އިއުލާން ކުރާނެ ކަމަށެވެ. އަދި އޭގެ އިތުރުން، އިތުރު ދާއިރާތަކުން ވާދަ ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރަމުންދާ ކަމަށް އެ ޕާޓި އިން ނެރުނު ބަޔާނުގައި ބުނެ އެވެ.

ލޭބާ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށް، ޕާޓީއާ ހިއްސާ ކުރުމުގެ ފުރުސަތު އަދި ވެސް ހުޅުވާލައިފައިވާ ކަމަށް އެޕާޓީ ބުންޏެވެ.

އެޕްރީލް ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޙާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފައި ވަނީ މިމަހު 21 ވަހަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް