ވެލާނާ އެއާޕޯޓުގެ ބަޔަކުން ކަރަންޓް ކެނޑިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓް ކެނޑިފައި -- ސަން ފޮޓޯ/ ކިޔުންތެރިޔެއް

ވެލާނާ އިންޓަނޭޝަނަލް އެޕޯޓުގެ ބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕަވަޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓް ކެނޑިގެން ގޮސްފައި ވަނީ ހަވީރު 5:54 ހާއިރު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު މިރޭ "ސަން" އަށް ވިދާޅުވީ، ކަރަންޓް ކެނޑިގެން ގޮސްފައިވަނީ މުޅި އެއާޕޯޓުން ނޫން ކަމަށާއި ހަމައެކަނި ޓާމިނަލް ސަރަހައްދުން އެކަނި ކަމަށެވެ.

"ޕަވަ ފެއިލިއާ އެއް ދިމާވެގެން ކަރަންޓް ކެނޑިފައިވަނީ ހަމައެކަނި ޓާމިނަލް ސަރަހައްދުން. އެހެން ސަރަހައްދުތަކުގައި ކަރަންޓް އެބަހުރި،" ހަސަން އަރީފު ވިދާޅުވި އެވެ.

އެނާ ވިދާޅުވީ، މީހާރު އެ މަައްސަލަ ހައްލު ކުރަމުން ދާ ކަމަށައި ވީހަވެސް އަވަހަކަށް އެ ސަރަހައްދަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު