ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ތަކެތި ނައްތާލައިފި

ރާއްޖެއަށް އެތެރެ ކޮށްފައިވާ މަނާ ތަކެތި ކަސްޓަމްސް އިން ނައްތާލަނީ -- ފޮޓޯ/ ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އަށް ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ތަކެތި ނައްތާލައިފި އެވެ.

މިއަދު ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ނައްތާލި ތަކެތީގެ ތެރޭގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި އޫރު މަސް އަދި ސިނގިރޭޓު ހިމެނެއެވެ.

ކަސްޓަމްސް އިން މިއަދު ނައްތާލި ތަކެތީގެ ތަފްސީލު:

ސިގިރޭޓު - 15000

ބަނގުރާ ފުޅި - 120

ބަނގުރާ ހިމެނޭ ތަކެތި - 160

ނަން ނުޖަހާ ހުރި ތަކެތި - 336

އިސްލާމް ދީނާ ފުށުއަރާ ތަކެތި - 50

ކެއުމުގެ ބާވަތްތައް - 117

މަސްތުވާތަކެތި އިސްތިހާރު ކުރާ ތަކެތި - 32

އޫރު މަސް ހިމެނޭ ތަކެތި - 140

ގާނޫނުގެ ދަށުން ރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތި - 819

ކަސްޓަމްސް އިން ބުނީ، މި ތަކެތި ނައްތާލެވިފައި ވަނީ، ކަސްޓަމްސްގެ އާންމު ގަވައިދުގެ ދަށުން ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ހިފެހެޓޭ މަނާތަކެތި ނައްތާލުމުގައި އަމަލު ކުރަން ޖެހޭ އުސޫލުގެ ދަށުން ކަމަށެވެ.

comment ކޮމެންޓް