މޫނު ބުރުގާ އެޅި ޓީޗަރަކަށް ތޮއްޑޫ ސްކޫލުން ވަޒީފާ ދީފި

ތޮއްޑޫ ސްކޫލުގެ ދަރިވަރުންތަކެއް--- ފޮޓޯ: ތޮއްޑޫ ސްކޫލް

މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސްގެ ވަޒީފާތައް އަދާކުރުން ހުއްޓުމަކަށް އައިސްފައިވަނިކޮށް މޫނު ބުރުގާ އަޅާ އަންހެނަކަށް ޓީޗަރެއްގެ ވަޒީފާ އއ. ތޮއްޑޫ ސްކޫލުން ހަމަޖައްސައިދީފިއެވެ.

ތޮއްޑޫ ސްކޫލުގެ ޕްރިންސިޕަލް މޫސާ ސޯލިހް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ މޫނު ބުރުގާ އެޅި ޓީޗަރު މާދަމާ ސްކޫލަށް ނިކުންނާނެ ކަމަށެވެ. އެއީ ޑިޕްލޮމާ ފެންވަރުގެ ޓީޗަރެކެވެެ.

" އަޅުގަނޑު ބެލިބެލުމުގައި އޭނާއަށް ވަޒީފާއަދާ ނުކުރެވޭނެ ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް. އޭނާގެ ގައިގައި އެބަހުރި ވަޒީފާ އަދާކުރުމުގެ ފުރިހަމަ ގާބިލުކަން." ޕްރިންސިޕަލް ވިދާޅުވިއެވެ.

މޫނު ބުރުގާ އެޅި ޓީޗަރު ކްލާހުގައި ކިޔަވައިދޭނީ މޫނު ނިވާނުކޮށް ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

"ޓީޗަރުވެސް ބޭނުންވަނީ މޫނު ފެންނަ ގޮތަށް ކިޔަވައިދޭން. ތުއްތުކުދިންނަށް ކިޔަވައިދޭނީ. ކްލާހުގައި ކިޔަވައިދޭއިރު އެތާ މަގުމަތިންދާ މީހުންނަށް އޭނާގެ މޫނު ފެނިދާނެތީ ކްލާސްރޫމްގެ ދޮރުތަކުގައިވެސް ހުންނާނީ ސްޓިކާ ޖަހާފައި" ޕްރިންސިޕަލް ވިދާޅުވިއެވެ.

އެ ސްކޫލުގައި މި އަހަރު ކިޔެވުން ފެށުނުއިރު ޓީޗަރުން ހަމަނުވާ ކަމަށްބުނެ ބައެއް މީޑިއާތަކުން ހަަބަރުތައް ގެނެސްދިން ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

comment ކޮމެންޓް