ކާރެއް ކޮންޓްރޯލް ނުވެ ގޮސް އައްޑޫ ހިތަދޫ ބޮޑުމަގުގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލައިފި އެވެ.
ފޮޓޯ އިން ފެންނަ ގޮތުން ކާރުގެ ކުރީ ކޮޅު އޮތީ އެސްބީއައިގެ ތެރެއަށް ވަދެފަ އެވެ. އަދި އެތަނުގެ ބިއްލޫރި ދޮރު އެއްކޮށް ވަނީ ތަޅައިގެން ގޮސްފަ އެވެ.
އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވަނީ އެނގިފަ އެވެ.
ފުލުހުން ބުނީ މިއަދު 2:15 އެހާކަންހާއިރު ހިތަދޫ ބޮޑު މަގުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.