އިންނަމާދޫ ގޮނޑުދޮށުން ކުޑަ ކުއްޖަކު މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި

ރ. އިންމާދޫއަށް ނިސްބަތްވާ ކުޑަ ކުއްޖަކަށް މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާވަހަރު ކަމަށް ބެލެވޭ އެތި ފެނިފައި ވަނީ އުމުރުން 14 އަހަރުގެ ކުއްޖަކަށެވެ. އެ ކުއްޖާއަށް އޭތި ފެނިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެ ކުއްޖާގެ ބޮޑުބޭބެ، އިންނަމާދު ކައުންސިލްގެ ރައީސް މޫސާ ނިޔާޒު ވިދާޅުވީ އެ ކުއްޖާއަށް މާވަހަރު ކަމަށް ބެލެވޭ އެތި ފެނިފައި ވަނީ އެ ރަށުގެ އުތުރު ފަރާތު ގޮނޑުދޮށަށް ލައްގާފައި ވަނިކޮށް ކަމަށެވެ.

އޭނާ ބުނީ އަދި އެއީ މާވަހަރެއްކަން ކަށަވަރު ނުކުރެވޭ ކަމަށާއި ނަމަވެސް އެ ރަށުގެ ހަރު މީހުން ބުނަނީ އެއީ މާވަހަރެއް ކަމަށް ކަމަށެވެ. އަދި އެއީ ހުދަންބަރެއް ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"އެކުއްޖާ މާވަހަރު ނެގި ހިސާބު ދެއްކި ގޮތުން އަޅުގަނޑަށް ހީވަނީ މީގެ ދެދުވަސްކުރީން ލައްވެފައިއޮތް އެއްޗެއްހެން،" ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުއްޖާއަށް ގޮނޑުދޮށުން ފެނުނު އެތީގެ ބަރުދަނުގައި 240 ގްރާމު ހުރެއެވެ.

އޭތި މިހާރު ބާއްވާފައި އޮތީ ފެނަށް ލާފައި ކަމަށް ނިޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް