ފިލިޕީންސަށް އަރަމުންދާ ތޫފާނުގައި 85 މީހުން މަރުވެެއްޖެ

ފިލިޕީންސަށް އަރަމުންދާ ތޫފާނުގައި 85 މީހުން ވަނީ މަރުވެފައި -- ފޮޓޯ: އޭއެފްޕީ

މެނީލާ (ޖެނުއަރީ 2): ފިލިޕީންސަށް އަރަމުންދާ ތޫފާނުގައި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުންނާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 85 މީހުން މީހުން މަރުވެއްޖެއެވެ.

ފިލިޕީންސްގެ ނެޝަނަލް ޑިޒާސްޓާ ރިސްކް ރިޑަކްޝަން އޮފީސް (އެންޑީއާރުއާރުއެމްސީ)އިން ވަނީ އެތޫފާނުގެ ސަބަބުން އިތުރު 20 މީހަކު ގެއްލި، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވާ ކަމަށް ބުނެފައެވެ.

މިދިޔަ މަހުގެ 29ގައި ފިލިޕީންސަށް އަރަން ފެށި އެ ތޫފާނުގެ ސަބަބުން ފިލިޕީންސްގެ އުތުރާއި މެދުތެރޭގެ 457 އަވަށަކަށް ވާރޭވެހި، 25،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ. އެންޑީއާރުއާރުއެމްސީން ބުނި ގޮތުގައި އެންމެ ބޮޑެތި ގެއްލުންތައް ލިބިފައި ވަނީ ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުންނެވެ.

ފިލިޕީންސަށް ކޮންމެ އަހަރަކު އެވަރެޖުކޮށް 20 ތޫފާން އަރައި، ފެންބޮޑުވުމާއި ބިންކަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބެއެވެ.

comment ކޮމެންޓް