ސޮނީ ހާޑްވެއާގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ސޮނީ ހާޑްވެއާގެ ހުޅުމާލޭ ފިހާރަ

ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަންސް މެޓީރިއަލްސް އާއި ހާޑުވެއާގެ ބާވަތްތައް ވިއްކާ ސޮނީ ހާޑުވެއާގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭ ނިރޮޅުމަގުގައި މިއަދު ހުޅުވި އެ ފިހާރައަކީ ހާޑްވެއާގެ ބާވަތްތައް ރާއްޖޭގައި ވިއްކާ ފިހާރަތަކުގެ ތެރެއިން އެންމެ ބޮޑު ފިހާރަ ކަމަށް ސޮނީ ހާޑުވެއާ އިން ބުންޏެވެ.

އެ ފިހާރަ ހުންނަނީ ފިހާރަ ހުންނަނީ ހުޅުމާލޭ މައި މަގު، ނިރޮޅުމަގު ލޮޓް ނަމްބަރު 11503 ގަ އެވެ.

ފަސް ފަންގިފިލާއަށް ހަދާފައިވާ ފިހާރާގައި ހާޑްވެއާ ސާމާނުގެ އިތުރުން ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނާއި އަލަށްތައާރަފްކުރާ ބްރޭންޑްއެއް ކަމަށްވާ ހަޔާ ބްރޭންޑްގެ ހޯމް އެޕްލަޔަންސްގެ ތަކެތި ވެސް ވިއްކަން ހުންނާނެ ކަމަށް ސޮނީ ހާޑުވެއާ އިން މިއަދު ބުންޏެވެ.

އޭގެ އިތުރުން ލައިޓިންގް، މަސްވެރިކަމަށް ޙާއްސަ ސާމާނާއި ސާފުކުރުމަށް ބޭނުންކުރާ ސާމާނު، ޕަވާ ޓޫލްސް، ކެޕަރޯލް ކުލަޔާ ދަވާދު، ތަށިމުއްޓާއި ސެނިޓަރީވެއާ ހިމެނޭ ގޮތަށް ޔޫރަޕްގެ އަދި އެމެރިކާގެ ނަން މަސްހޫރު ބްރޭންޑްތަކެއް އެއްފުރާޅެއްގެ ދަށުން ލިބެންހުންނާނެ ކަމަށް ސޮނީ އިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް