"އަކުއާމެން" އަދި "ޒީރޯ" މިހަފްތާގައި ޝްވެކަށް

މި ހަފްތާ ބަންދުގައިވެސް ޝްވެކް ސިނަމާގައި ވަރުގަދަ ދެ ފިލްމު އަޅުވާނެއެވެ. ހޮލީވުޑްގެ ފިލްމު އަކުއާ މޭން އަދި ޒީރޯ މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައިވެސް އަޅުވާއިރު މިއީ ފިލްމު ބެލުމަށް ފޯރި ހުންނަ ފަރާތްތަކުން ބަލާލަން ކަމުދާނެ ދެ ފިލްމެވެ.

އަކުއާމޭން އަކީ ޖޭމްސް ވަން ޑައިރެކްޓުކޮށް ވާނާ ބްރަދާސް، ޑީސީ ފިލްމްސް، ދަ ސެފްރަން ކޮމްޕެނީ، ކްރުއަލް އެންޑް އަން ޔޫޒުއަލް ފިލްމްސް އަދި މޭޑް ގޯސްޓް ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ލިޑުން ފެންނާނީ ޖޭމްސް މޯމޯ އެވެ. މީގެ އިތުރުން އެމްބާ ހާޑް، ޕެޓްރިކް ވިލްސަން އަދި ވިލިއަމް ޑެފޯ ވެސް އެކުއާމޭން އިން ފެނިގެންދާނެއެވެ.

ފިލްމުގެ ވޯލްޑް ޕްރެމިއާ އޮތީ ނޮވެމްބަރުމަހު އިނގިރޭސި ވިލާތުގައެވެ. އެމެރިކާގައި ރިލީޒްކުރާނީ ހުކުރު ދުވަހުއެވެ. ފިލްމު ރިލީޒްކުރުން މިގެ ކުރިން ޖުލައިމަހަށްވެސް ތާވަލް ކުރިއެވެ. ފިލްމުގެ ރޭޓިން އުޅެނީ އެވްރެޖުކޮށެވެ.

ފިލްމު ޒީރޯއަކީ އާނަންދް ރާއީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ޝަހުރުކްހާން ޑްވާފެއްގެ ރޯލުން ފެންނަ ޒީރޯގައި ދެން ފެންނާނީ އަނުޝްކާ ޝަރުމާއެވެ. އަނުޝްކާ ކުޅެފައި ވަނީ ވީލް ގޮނޑީގައި އިނދެ ތަކްލީފްތައް އުފުލަމުން އަންނަ ސައިންޓިސްޓެއްގެ ރޯލެވެ. މަޝްހޫރު ފިލްމީ އެކްޓްރެސްއެއްގެ ރޯލުން ކެޓްރީނާ ކެއިފްވެސް މި ފިލްމުން ފެންނާނެއެވެ.

comment ކޮމެންޓް