މެމްބަރު ސައުދު އާއި ލަތީފް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި

ވިލިނގިލީ ދާއިރާގެ މެމްބްރު ސައުދު ހުސައިންއާއި ދިއްދޫ އަހްމަދު އަބްދުލް ލަތީފް -- ސަން ފައިލް ފޮޓޯ ފޮޓޯ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހުގައި މަސައަކަތް ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންއާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.

އެ ދެ މެމްބަރުން ޖުމްހޫރީ ޕާޓީއަށް ސޮއި ކުރި ކަމުގެ އަޑުތަކެއް މީގެ ދެދުވަސް ކުރިން ވެސް ވާނީ ފެތުރިފައެވެ. ނަމަވެސް އެޕާޓީ އިން ވެސް އަދި އެ ދެ މެމްބަރުންވެސް އެކަން އޭރު ކަށަަވަރުކޮށެށް ނުދެއެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިިހު މިރޭ ވަނީ "ސަން" ވަނީ އެ ދެމެމްބަރުން އެ ޕާޓީއަށް ސޮއި ކުރައްވާފައިވާ ކަމަށް ކަަށަވަރު ކޮށްދީފައެވެ.

އެނާ ވިދާޅުވީ، އެ ދެ މެމްބަރުން އެ ޕާޓީ އަށް ސޮއި ކުރެއްވީ މީގެ ހަތަރު ދުވަސް ކުރިން ކަމަށެވެ.

ޖޭޕީ އިން މިރޭ އެކަން ކަށަވަރު ކޮށްދިން ނަމަވެސް ސައުދު މިރޭ "ސަން" އަށް ވިދާޅުވީ ޕަޓީއަކަށް ސޮއި ކުރެއްވުމަށް ރަސްމީކޮށް ނިންމުމެއް ނުނިންމާ ކަަމަށާއި ނަމަވެސް މަޖިލީހުގައި މަސައްކަތް ކުރައްވާނީ ޖޭޕީއާ ގުޅިގެން ކަމަށެވެ.

އެ ދެ މެމްބަރުން އެ ޕާޓީ އަށް ސޮއި ކުރެއްވި ކަން މީޑިއާއަށް އޮތީ މިހާތަނަށް ސިއްރު ކުރެވިފައެވެ. ވޭތުވެދިޔަ ތިން ހަފްތާގައި މެމްބަރުން ޖޭޕީ އަށް ސޮއި ކުރެއްވުމަށް ގިނަ ރަސްމިއްޔާތުތަކެއް ބޭއްވި އިރު، އެ ދެ މެމްބަރުން ސޮއި ކުރެއްވުމަށް ރަސްމިއްޔާތެއް ބާއްވާފައި ނުވެއެވެ.

comment ކޮމެންޓް