ދިރާގު ފައިބާ އިންޓަނެޓްގެ ހިދުމަތް އިތުރު ދެ ރަށަކަށް ތައާރަފުކޮށްފި

ދިރާގުން ތ.ތިމަރަފުށީގައި ހައި ސްޕީޑް ފައިބަރ އިންޓަނެޓް ތައާރަފު ކުރުމަށްފަހު --- ފޮޓޯ: ދިރާގު

ދިރާގުގެ ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތްއި އިތުރު ދެ ރަށެއްގައި ރަސްމީކޮށް ތައާރަފްކޮށްފި އެވެ.

ހައިސްޕީޑް ފަައިބާގެ ހިދުމަތް މިފަހަރު ތައާރަފްކުރީ ތ. ގުރައިދޫ އާއި ތ. ތިމަރަފުއްޓަށެވެ.

މުޅި ރާއްޖެއަށް ފައިބާގެ ހިދުމަތް ފުޅާ ކުރުމުށް ދިރާގުން ފަށާފައިވާ ހަރަކާތުގެ ތެރެއިން ށ. ފޮނަދޫގެ އިތުރުން ށ. މިލަންދޫގައި ވެސް ވަނީ މީގެ ކުރިން އެ ހިދުމަތް ދޭން ފަށައިފަ އެވެ.

ރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ފައިބާ ބްރޯޑްބޭންޑް، 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ފޯރިކޮށްދީފައިވާ ކަމަށް ދިރާގުން ބުނެއެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން 45 ރަށް ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގުން ތ. ގުރައިދޫގައި ހައި ސްޕީޑް ފައިބަރ އިންޓަނެޓް ތައާރަފު ކުރުމަށްފަހު --- ފޮޓޯ: ދިރާގު

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުން ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގައި ގޭގެއަށް ފައިބާ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސް ދުވަސް ވަންދެން ނަގާ ކޮންމެ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމުގެ ގޮތުން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދު ވެސް މަސައްކަތް ކުރާ ކަމަށް ދިރާގުން ބުނެ އެވެ.

comment ކޮމެންޓް