ޕްރީ-ޔުނިވާސިޓީ ކެރިއަރ ގައިޑެންސް އިވެންޓެއް ބާއްވަނީ

ޕްރީޔުނިވަރސިޓީ ކެރިއާ ގައިޑެންސް އިވެންޓެއް ބާއްވަނީ---

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ޕްރީ-ޔުނިވަރސިޓީ އިވެންޓެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

އަތޮޅުތަކުގެ ކެމްޕަސްތަކުގެ އިތުރުން މާލޭގެ ޔުނިވަރސިޓީގައި އެ އިވެންޓް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެމްއެންޔޫއިން ބުނީ މާދަމާ ހަވީރު 16:00 އިން ފެށިގެން މާދަމާރޭ 22:00 އާ ހަމައަށް އިވެންޓް ކުރިއަށްދާނެ ކަމަށެވެ.

ރާއްޖޭގައި ސްކޫލުތަކުން މިފަހަރު އޯލެވެލް އިމްތިހާނާއި އޭލެވެލް އިމްތިހާން ހެދި ކުދިންނާއި މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް އަމާޒުކުރެވިގެން ބާއްވާ އިވެންޓުގައި ގައުމީ ޔުނިވާސިޓީގެ ފަންނީ ގާބިލް ލެކްޗަރާއިން ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެމްއެންޔޫއިން ބުނީ މިފަދަ އިވެޓަކުން ދަރިވަރުން ކިޔަވަންވީ ދާއިރާތަކާއި ކުރިއަށް ދެވޭނެ ގޮތްތަކާއި މަތީ ތައުލީމް ހާސިލް ކުރުމަށް ދަރިވަރުން ވާންޖެހޭ ތައްޔާރީތައް އެނގިގެންދާނެ ކަމަށެވެ.

އަދި ތަފާތު ދާއިރާތަކުން ކިޔެވުމަށް ޝައުގުވެރިވާ ކުދިންނާއި ރިސާޗަށް ޝައުގުވެރިވާ ކުދިންނަށްވެސް ބޭނުންވާ މައުލޫމާތު މި އިވެންޓުން ލިބިގެންދާނެ ކަމަށް ވެސް އެމްއެންޔޫއިން ބުންޏެވެ.

މާދަމާ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި ކެމްޕަސް، ލ. ގަން ކެމްޕަސް، ގދ. ތިނަދޫގެ ކެންޕަސް، ސ. ހިތަދޫގެ ކެމްޕަހުގެ އިތުރުން ޔުނިވަރސިޓީގެ އެމްއެންޔޫ ބިސްނަސް ސްކޫލް ކެމްޕަހުގެ ހުރިހާ ފެކަލްޓީތަކެއްގައެވެ.

comment ކޮމެންޓް