ގައްދޫން ކަރަންޓު ކެނޑުމުން ރައްޔިތުން އިންޖީނުގެއަށް ގަދަވެގެންފި

ގދ. ގައްދޫން މިރޭ ކަރަންޓް ކަނޑައިގެން ދިއުމާ ގުޅިގެން އެރަށު މީހުން އެކަމާ ހިތްހަމަނުޖެހިގެން އަޑުގަދަކުރަމުން އެބަދެ އެވެ.

ގައްދޫ ކައުންސިލްގެ މެންބަރު ނިޒާރު އަބުދުﷲ ވިދާޅުވީ، މިރޭ ގާތްގަނޑަކަށް 9:00 އެއް ޖެހިއިރު ކަރަންޓް ދިޔައީ އެރަށުގައި މިހާރު ބޭނުންކުރާ ޖެނެރޭޓަރު ހަލާކުވެގެން ކަމަށެވެ. އެ އިންޖީނު ހަދައިގެން މިރޭ ކަރަންޓް ދެވޭނެކަމުގެ އުއްމީދެއް ނެތް ކަމަށް ވެސް އިންޖިނިއަރުންނާ ހަވާލާދީ ކައުންސިލަރު ވިދާޅުވި އެވެ.

ގައްދޫން ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން ރައްޔިތުން މިހާރު އިންޖީނުގޭގެ ދޮރުހަލާކޮށްލައިގެން އިންޖީނުގެ ތެރެއަށް ވަދެ، އަޑުގަދަކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި މީހުން އިތުރަށް ރުޅިގަދަވެގެން އުޅެނީ، އަޕާ ސައުތު ޔުޓިލިޓީން ހިންގާ އެ އިންޖީނުގޭގެ މެނޭޖިން ޑިރެކްޓަރު ކައުންސިލް އިދާރާއަށް ނާންގާ ކޫއްޑޫގެ ޖަނަރޭޓަރުގެ ބައެއް ސްޕެއާ މަރާމާތުކުރުމަށް އެރަށް ވަޑައިގެންފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިހާރު ކަރަންޓު ދެމުންދާ ޖެނެރޭޓަރަށް މައްސަލައެއް ދިމާވެފައިވާ ވާހަކަ ކުރިން އަންގާފައިނުވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.

ގައްދޫ އިންޖީނުގޭގައި ހަތަރު ޖެނެރޭޓަރު ބަހައްޓާފައިވީ ނަމަވެސް، އޭގެ ތެރެއިން ބޭނުންކުރެވެނީ އެންމެ ޖެނެރޭޓަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު