އަރަބިއްޔާ ސްކޫލް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަރަބިއްޔާ ސްކޫލް ހަތް ބުރީގެ އިމާރާތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހަތް ބުރީގެ އިމާރާތުގެ މަސައްކަތް 28 މިލިއަން ރުފިޔާ އަށް ނިންމުމަށް މިއަދު ހަވާލުކުރީ އެލްއެފް ކޮންސްޓްރަކްޝަނާ އެވެ.

ހައުސިން މިނިސްޓްރީ ޖަލްސާ ކުރާ މާލަމުގައި މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. އަދި އެލްއެފް ކޮންސްޓްރަކްޝަންގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަބްދުއްލަތީފެވެ.

ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން ހަދާ އިމާރާތް، މިއަދު ސޮއި ކުރި އެއްބަސްވުމުގައިވާ ގޮތުން، 260 ދުވަހުގެ (9 މަސް)ގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މަޖީދީމަގުގައި ހުރި ހަތަރު ބުރީގެ އަރަބިއްޔާ ސްކޫލްގެ އިމާރާތް ތަޅާލުމަށް ފަހު، ޗާނދަނީމަގު އަމީނިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ ބިމުގައި އަރިބިއްޔާ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރެއްވީ މާލޭ ހައިރައިޒިން ކޮންސްޓްރަކްޝަން އާ އެވެ. ނަމަވެސް ޑޮލަރުގެ އަގު ބޮޑުވުމުން އެ ކުންފުނިން ކޮންޓްރެކްޓްގެ އަގު ބޮޑު ކުރުމަށް އެދުމުން ސަރުކަރުން ވަނީ އެ ކޮންޓްރެކްޓް ބާތިލްކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު