ފައްޔާޒު ވެސް މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި

ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް

ގަމު ދާއިރާގެ މެމްބަރު ކަމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި އެވެ.

ފައްޔާޒް އިސްތިއުފާ ދެއްވާފައިވާ އިރު، އޭނާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުން ޖާގައެއް ލިބޭނެ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާއަށް ދިނުމަށް ހަމަޖެހިފައި ވަނީ އިކޮނޮމިކް މިނިސްޓަރު ކަމެވެ.

ފައްޔާޒް އިސްތިއުފާ ދެއްވާފައިވާ އިރު މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު ކަމުން މާރިޔާ އަހްމަދު ދީދީ އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުން އަހްމަދު މަހްލޫފު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އެނގިފައިވާ ގޮތުގައި މާރިޔާ އަށް ޑިފެންސް މިނިސްޓަރު ކަން އަދި މަހްލޫފުއަށް ޔޫތް މިނިސްޓަރު ކަން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް އިބޫގެ ސަރުކާރުގެ މިނިސްޓަރުން އިއުލާނު ކުރައްވާނީ މިރޭ އެވެ.

comment ކޮމެންޓް