އަަައިފޯނުގެ ފޭސްއައިޑީ އަޕްގްރޭޑެއް އަންނަ އަހަރު

އައިފޯން 10އެސް އަދި 10އެސް މެކްސް ދިރާގުން ރަސްމީކޮން ލޯންޗުކުރުން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އަންނަ އަހަރު އެޕަލް އިން ނެރޭ އައިފޯނުގައި ފޭޝަލް ރިކޮގްނިޝަން ކެމެރާގެ އަޕްޑޭޓެއް ހިމަނާނެކަމަށް ހަބަރުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ފޭޝަލް ރިކޮގްނިޝަން ކެމެރާގައި އާ ސެންސަރެއް ބޭނުންކޮށް މި ޓެކްނޮލަޖީ ވަރުގަދަކުރުމަށް އެޕަލް އިން މަސައްކަތް ކުރާނެއެވެ.

މީގެއިތުރުން 2019 ނޫނީ 2020 އަންނައިރު 3ޑީ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލަޖީ ވެސް އެޕަލްގެ ކެމެރާގައި ހިމަނަން ވަނީ ނިންމާފައިކަމަށް ހަބަރުތައް ބުނެއެވެ.

މިދިޔައަހަރު ބާޒާރަށް ނެރުނު އައިފޯނު އެކްސް އާއެކު އެޕަލް އިން ތައާރަފުކުރި ފޭޝަލް ރިކޮގްނިޝަން ޓެކްނޮލަޖީގައި 30،000 އަށްވުރެ ގިނަ އިންފްރާރެޑް ޑޮޓްސް ބޭނުންކުރެއެވެ. އަނދިރި ތަންތަނުގައި މި ފީޗާ ބޭނުންކުރަން ދަތިތައް ހުރިނަމަވެސް ކެމެރާ އަށް ގެންނަ އަޕްޑޭޓާއެކު މިކަން ހައްލުވާނެކަމަށް ބެލެވެއެވެ.

comment ކޮމެންޓް