"ސުޕަ މާރިއޯ" ވީޑިއޯ ގޭމަށް ނަން ދިނުމުގައި އަސްލަކަށް ބެލި މާރިއޯ ސެގަލީ އުމުރުން 84 އަހަރުގައި މަރުވެއްޖެ އެވެ.
މާރިއޯ މަރުވި ސަބަބެއް މީޑިއާތަކާ ހިއްސާކޮށްފައެއް ނުވެ އެވެ. އޭނާ މަރުވިއިރު އަނތްބަކާ ހަތަރު ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. މާރިއޯ މަރުވީ މިދިޔަ މަހު 27 ވަނަ ދުވަހު ވޮޝިންޓަން ގަ އެވެ.
މާރިއޯ އަކީ އިމާރާތް ކުރުމުގެ ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ މީހެކެވެ.
"ސުޕަ މާރިއޯ" އަކީ ވީޑިއޯ ގޭމްތަކުގެ ތެރެއިން ވަރަށް މަގުބޫލު ގޭމެކެވެ.