އެޕަލްގެ އައިޕެޑު އިވެންޓު މިމަހު 30ގައި

އެޕަލްގެ އިވެންޓު ދައުވަތު

އެޕަލްގެ އިވެންޓެއް މިމަހުގެ 30 އަސް ތާވަލުކޮށް ދައުވަތު ފޮނުވައިފިއެވެ.

މި އިވެންޓުގައި އާ އައިޕެޑާއި އައިޕެޑު ބުކް ޕްރޯ ދައްކާލާނެކަމަށް ބެލެވެއެވެ. މި އިވެންޓުގެ ޓެގްލައިނަކީ "ދެއާ އިޒް މޯ އިން ދަ މޭކިން" އެވެ.

އެޕަލްއިން އާ އައިޕެޑެއް މި ނެރެނީ ޒަމާނީ ބަދަލުތަކާއެކުއެވެ. އެގޮތުން ކުރީގެ އައިޕެޑަށްވުރެ ކުޑަ ތަންކޮޅެއް ބޮޑު މި އައިޕެޑުގައި ފޭޝަލް ރިކޮގްނިޝަން ފީޗާ ހިމަނާފައިވާނެއެވެ. މިއީ އައިފޯނު ފިޔަވައި އެޕަލްގެ އުފެއްދުމެއްގައި ފޭޝަލް ރިކޮގްނިޝަން ހިމަނާ ފުރަތަމަ ފަހަރެވެ.

މި އިވެންޓުގައި އާ މެކްބުކް ޕްރޯއެއް ދައްކާލާނެ ކަމަށްވެސް ބެލެވެއެވެ. މިއީ ކުރިން ނެރުނު މެކް ބުކްއަށް ވުރެ ތުނި އުފެއްދުމަކަށް ވާނެއެވެ.

މި އިވެންޓުގައި އައިއޯއެސް 12.1 އާ ގުޅޭ ވާހަކަތަކާއި އެޕަލް ވޮޗް އޯއެސްގެ އަޕްޑޭޓުތައްވެސް ހިއްސާ ކުރާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް