މާލޭގައި ބަހުގެ ހިދުމަތްދޭން އެމްޕީއެލް އިން ތައްޔާރުވަނީ

އެމްޕީއެލް އިން ހިދުމަތްދޭ ބަހަކަށް މީހުން އަރުވަނީ --- ފޮޓޯ:އެމްޕީއެލް

މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތައްޔާރުވެއްޖެއެވެ.

އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް "ސަން" އަށް ވިދާޅުވީ އެ ހިދުމަތް އަންނަ އަހަރު ފެށުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. މާލޭގައި ބަހުގެ ހިދުމަތް ދޭނީ ކުދި ބަސްތަކަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ހޮސްޕިޓަލުތަކާއި ސްކޫލުތައް، އޮފީސްތަކާއި ފެރީޓާމިނަލްތައް ހުންނަ ސަރަހައްދުތަކުން ބަހުގެ ހިދުމަތް ދޭނެ ކަމަށެވެ.

"އަމާޒަކީ އެފިޝިއެންޓް ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުން،"

އެމްޕީއެލް އިން މިހާރުވެސް ހުޅުމާލެ އާއި މާލެ އާ ދެމެދު ބަހުގެ ހިދުމަތް ދެއެވެ. އެ ހިދުމަތް ދިނުމަށް ނުވަ ބަހެއް މިހާރު ބޭނުންކުރާއިރު މި ހިދުމަތުގައި ބޭނުން ކުރުމަށް އިއްޔެ ވަނީ ޑަބަލް ޑެކާ ބަހެއްވެސް ގެނެސްފައެވެ. ކުރިއަށް އޮތްތަނުގައި އިތުުރު ހަތް ޑަބަލް ޑެކާ ބަސް ބޭނުންކުރާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. ބްރިޖު ބަސް ހިދުމަތްް ދިނުމަށް ޖުމްލަ 22 ބަހެއް ގެންނަން އެ ކުންފުނިން ވަނީ ނިންމައިފައެވެ.

ބްރިޖުން ދަތުރުކުރާ ބަހުގެ ހިދުމަތުން އަގު ނެގުމަށް ކުރަންޖެހޭ ކަންތައް ކުރަމުންދާކަމަށް އެމްޕީއެލް އިން ބުނެއެވެ. ކަސްޓަމަރުންގެ ފީޑްބެކަށް ބަލައި ބަސް ޝެޑިއުލަށް ބަދަލު ގެނެސް އަގުތައް ފައިނަލް ކުރުމުގެ މަރުހަލާ ފަށާފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް