ސިވިލް ސާވިސްގެ މަގާމުތަކަށް މުވައްޒަފުން ނެގުން މަޑުޖައްސައިލުމަށް ނިންމައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރުނު ސާކިއުލާގައި ބުނެފައި ވަނީ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ހިންގުމަށް އަތުވެދާނެ ބަދަލުތަކާ ގުޅިގެން ސިވިލް ސާވިސްގެ އިދާރާތަކާ އެ އިދާރާތަކުގެ މެންޑޭޓަށް އައިސްދާނެ ބަދަލުތަކަށް ތައްޔާރުވުމަށް އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިވިލް ސާވިސްގެ ފަންނީ މަގާމުތައް ފިޔަވައި އެހެން ވަޒީފާތަކަށް އިއުލާނު ކުރުން ވަގުތީގޮތުން މަޑުޖައްސާލުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ސިވިލްސާވިސްގެ އިދާރާތަކުން ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ މަގާމުތަކަށް ސީއެސްސީގެ ހުއްދައާ އެކު އިއުލާނު ކުރެވިދާނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.