ސަރުކާރުން ބްރިޖާ ހަވާލުވާނީ ދެ އަހަރު ފަހުން: ހައުސިން މިނިސްޓްރީ

ސެޕްޓެމްބަރ 1، 2018: މާލެ/ހުޅުލެ ބުރިޖު (ސިނަމާލެބުރިޖު) އާންމުންނަށް ދައްކާލުމުގެ ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި ސިނަމާލެ ބްރިޖާ ދިވެހި ސަރުކާރުން ހަވާލުވާނީ ދެ އަހަރު ފަހުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ހައުސިން މިނިސްޓަރުގެ ނާއިބު އަބްދުﷲ ޒިޔާދު ވިދާޅުވީ ބްރިޖާ އަދި ދިވެހި ސަރުކާރުން ހަވާލު ނުވާ ކަމަށެވެ.

"އަދި ބުރިޖު މިހެން އެއްކޮށް ހުޅުވާލިނަމަވެސް ބުރިޖު ބެލެހެއްޓުމުގައި މިބޭފުޅުން [ޗައިނާއިން] ގާތްގަނޑަކަށް ދެ އަހަރު މިތާ ތިބޭނެ. ދެ އަހަރު ފަހުން އަޅުގަނޑުމެން ޓޯޓަލީ ސަރުކާރުން މި ބުރިޖު އަޅުގަނޑުމެންނާ ހަވާލު ވެގެންދާނީ،" ޒިޔާދު ވިދާޅުވިއެވެ.

ބުރިޖަށް ގެއްލުންތަކެއް ލިބިފައި ހުރިި ކަމަށް ބުނެ އިދިކޮޅުން ދައްކަމުންދާ ވާހަކަ ތަކަށް ރައްދު ދެއްވައި ޒިޔާދު ވިދާޅުވީ އެ ބުރިޖު އިމާރާތްކުރި ޗައިނާގެ ސީސީސީ ކުންފުންޏަކީ ދުނިޔޭގައި ފާހަަގަކޮށްލެވޭ ބްރިޖުތައް ހެދުމުގެ ތަޖުރިބާއާއި ފަންނު ހުރި ކުންފުންޏެއް ކަމަށެވެ.

"ހަމައެކަނި ތަފާތަކީ ބްރިޖުގެ ޑެޕްތު ތަންކޮޅެއް ފުންވެގެން ދިޔުން. އެެހެންނަވެސް އަޅުގަނޑުމެންގެ ބްރިޖުގެ ބުޑުތައް އެހުރީ ގާތްގަނޑަކަށް 60 މީޓަރު އަޑިއަށް. އެހުރީ ދަނގަޑު ޖަހާ ދަނގަޑު ކޮށްޕާ ފުދޭވަރަކަށް ޑެޕްތަކަށް އަޅުގަނޑުމެންގެ ކޮންކްރިޓް ކޮލަމްސް އެހުރީ ވަރުގަދަކޮށް ހެދިފަ. އެހެންވީ އެކަމާ ދޭތެރޭ އަޅުގަނޑުމެން އެއްވެސް ޝައްކެއް ނުކުރަން،" ޒިޔާދު ވިދާޅުވިއެވެ.

އެހެންކަމުން ބްރިޖުގެ ސަލާމަތްތެރިކަމާމެދު އެއްވެސް ވަރަަކަށް ހާސްވާން ނުޖެހޭނެކަމަށް ޒިޔާދު ވިދާޅުވއިެވެ.

އާންމު ދަތުރުފަތުރަށް ބްރިޖު ހުޅުވާލުމަށްފަހު، މިމަހުގެ 23ގެ ކުރިން ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ޓޮލްއެއް ނުވަތަ ފީއެއް ނަގާނެކަމަށް ގަބޫލުނުކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް